minivanakanq dhemehetteynee amilla thasavareh ovegen
minivanakanq dhemehetteynee amilla thasavareh ovegen
ރާއްޖޭގެ މިނިވަންކަން ދެމެހެއްޓޭނީ އަމިއްލަ ތަސައްވަރަކާއިއެކު ވެރިކަން ކުރާނެ ސިޔާސަތުތަކެއް އޮވެގެންކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވައި ޑރ.ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ މިއަދު ދަތުރުކުރަމުންދަނީ ވަކި ޤައުމެއްގެ ސިޔާދަތުގެ ދަށުން ވަކި ގޮތަކަށް ކަމުގައެވެ. މިކަން ކުރެވޭނީ ޤައުމު އިޤްތިޞާދީ ގޮތުން ފުދުންތެރިވެގެންކަމަށް ޝަހީމް ވިދާޅުވިއެވެ.

ރާއްޖެއަކީ އިޤްތިޞާދީގޮތުން ބަލިކަށި ޤައުމަކަށްވުމުން ޤައުމު ހިންގުމުގައި ހަރުދަނާ ސިޔާސަތުތަކެއް ކަނޑައަޅަންޖެހޭކަަމަށް ޝަހީމް ވިދާޅުވިއެވެ. އެކަން ކުރުމުގައި އަދުގެ ސަރުކާރު އޮތީ ވަކި ޤައުމެއްގެ މުށުތެރެއަށް ވެއްޓިފައިވަކަމުގައި ޝަހީމު ވިދާޅުވިއެވެ. ރާއްޖޭގެ މިނިވަންކަން ދެމެހޭއްޓޭނީ އިޤްތިޞާދީގޮތުން ފުދުންތެރި ޤައުމަކަށްވެ، ދައުލަތް ހިންގުމުގެ ތަސައްވަރެއް އޮވެގެން ކަމުގައި ޝަހީމް ވިދާޅުވިއެވެ.

"ރާއްޖެ އަކީ އެއްވެސް ޤައުމެއްގެ ސްޓޭޓެއް ގޮތަށް އޮޕްރޭޓްކުރުމަކީ ސިޔާސީ އަޅުވެތިކަމުގެ ދަށަށް ދިއުން. އެކަމުން ސަލާމަތް ވެވޭނީ އިޤުތިޞާދީ ގޮތުން ފުދުންތެރި ބަޔަކަށް ވެގެން. އިޤުތިޞާދީ ގޮތުން ފުދުންތެރި ބަޔަކަށް ވެވޭނީ ދައުލަތް ހިންގުމުގައި އަމިއްލަ ތަޞައްވުރެއް އޮވެގެން." ޝަހީމް ވިދާޅުވިއެވެ.

އިންޑިއާއިން ދިވެހިރާއްޖޭގެ ކަންކަމަށް ނުފޫޒުފޯރުވާ، ދިވެހިރާއްޖޭގައި އިންޑިއާގެ އަސްކަރީ ހެލިކޮޕްޓަރުތައް ބަހައްޓައި، އަދި މިހާރު އަސްކަރީ މަތިންދާ ބޯޓެއްވެސް ރާއްޖޭއަށް ގެނަސް އެފަދަ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަން ފާހަގަކޮށް ގިނަ ބަޔަކު ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި ގުޅޭގޮތުން ގިނަ ސުވާލުތަކެއް އުފެދިފައިވާ މިވަގުތުގައި އިދިކޮޅު ފަރާތްތަކުން ދަނީ ރާއްޖޭގެ މިނިވަންކަން އިނޑިޔާގެ މުށުތެތެރެއަށް ދޫކޮށްލުމަށް ސަރުކާރުން އަޑިނެގޭނޭ އެޖެންޑާއެއް ގެންގުޅޭކަމަށް ބުނެ ސަރުކާރަށް ވަރަށް ބޮޑަށް ފާޅުކިޔަމުންނެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށާއި، އަސްކަރީ މަތިންދާ ބޯޓުތައް ދުއްވުމުގައި އިންޑިޔާގެ އަސްކަރިއްޔާގެ އެހީތެރިކަން އާދަޔާއި ޚިލާފަށް ހޯދަމުންދާ މައްސަލާގައިވެސް އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރާއްޖެއިން އިންޑިއާއިން ދީފައިވާ ދެ ހެލިކޮޕްޓަރު ދުއްވުމާއި ބެލެހެއްޓުމުގެ ނަމުގައި އިންޑިއާގެ އަސްކަރީ ފައުޖެއް ރާއްޖޭގައި ހަރަކާތްތެރިވަމުންދާތާ ދުވަސް ތަކެއް ވެއްޖެއެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އެމީހުން ރާއްޖެއިން ބާލަން ކުރި މަސައްކަތް ނާކާމިޔާބުވެފައި ވާއިރު މިސާރުކާރު އައިސް އަސްކަރީ ގުުންތައް އިތުރަށް ވަރުގަދަ ކޮށްފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން