ރައީސް ޔާމީން--
ރައީސް ޔާމީން--
ގޭ ބަންދުގައި ހުންނަވާއިރު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައި ނުގެންނެވޭނެ ކަމަށް ކަރެކްޝަންސްއިން ތަކުރާރުކޮށް އަންގަމުން ދިޔަ ނަމަވެސް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އެ މަނިކުފާނުގެ ޕާޓީ (ޕީއެންއެފް) ގެ ޖަލްސާގައި ރޭ ވެސް

ބައިވެރިވެވަޑައިގެންފިއެވެ.

ރޭ އެ ޕާޓީން ބޭއްވި ޖަލްސާގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގެންނެވި ނަމަވެސް ޖަލްސާގައި ވާހަަކަފުޅެއް ނުދައްކަވަ އެވެ. އެކަމަކު ޕާޓީއަށް ސޮއި ކުރެއްވި ބޭފުޅެއްގެ ފޯމާއި ހަވާލުވެވަޑައިގެންނެވި އެވެ.

މަނީ ލޯންޑްރިންއާއި ރިޝްވަތުގެ ކުށުގައި އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން ގެއަށް ބަދަލު ކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބުން ބަލިވެވަޑައިގަތުމުން އެމަނިކުފާނުގެ ވެރިކަމުގެ އެންމެ ފަހު ދުވަސްކޮޅު އެވެ. ޔާމިން ގޭބަންދަށް ބަދަލު ކުރީ ރައީސް މުއިއްޒާއި ކުރީގެ ރައީސް ޞާލިހާ ދެމެދު ބޭއްވެވި މަޝްވަރާ ތަކަށް ފަހުއެވެ.

ގެއަށް ބަދަލު ކުރެއްވި ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ގުޅުން ގޯސްވެ ރައީސް ޔާމީން ވަނީ އާ ޕާޓީއެއްވެސް އުފައްދަވައިފަ އެވެ.

އަދި އޭގެ ފަހުން ތަކުރާރުކޮށް އެމަނިކުފާނު ދަނީ ޕާޓީގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަންނަވަމުން ނެވެ. އެހެންވެ އެމަނިކުފާނަށް ދީފައިވާ ލުއިތައް ރިވިއު ކުރަން ފަށާފައިވާ ކަމަށް މިދިޔަ މަހުގެ 26 ވަނަ ދުވަހު ކަރެކްޝަންސްއިން ވަނީ ބުނެފަ އެވެ.

ރައީސް ޔާމީން ގާނޫނީ ހަމަތަކުގެ މަތީން މިނިވަން ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ކެމްޕޭންގެ ތެރޭގައި ވަނީ ވިދާޅުވެފައެވެ. ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ރައީސް ޔާމީން ގޭ ބަންދަށް ބަދަލު ކުރައްވައި ވެރިކަމުގެ ހުވައި ކުރެއްވުމަށްފަހު އެމަނިކުފާނު ވިދާޅުވެފައި ވަނީ ސަރުކާރުން ޝަރުޢީ ނިޒާމަށް ނުފޫޒު ފޯރުވުން ނިމުމަކަށް ގެނަސްފައިވާ ކަމަށެވެ. ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ވެސް ކުރިން ވިދާޅުވަމުން ގެންދެވީ އޭރުގެ ސަރުކާރުން ޝަރުޢީ ނިޒާމަށް އަތް ނުބާނައި ކޯޓުތަކަށް ނުފޫޒު ނުފޯރުވާނަމަ ރައީސް ޔާމިންގެ މައުސޫމުކަން ސާބިތުކޮށްދީ އެމަނިކުފާނު މިނިވަން ވާނެ ކަމަށެވެ.

ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމްގެ އިސްތިއުނާފްގެ ޝަރީއަތް މިހާާރު ނިމިފައިވާއިރު ދެން އޮންނާނީ ހުކުމް އިއްވުމެވެ. ނަމަވެސް ހުކުމް އިއްވާނެ ދުވަހެއް އަދި ތާވަލެއް ނުކުރެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން