ޑރ.މުނައްވަރު ރައީސް ޔާމީންގެ ސަރުކާރާއި ދެކޮޅަށް ހިންގުނު ހަރަކާތެއްގެ ތެރެއިން، ފޮޓޯ:ސޯޝަލް މީޑިއާ
ޑރ.މުނައްވަރު ރައީސް ޔާމީންގެ ސަރުކާރާއި ދެކޮޅަށް ހިންގުނު ހަރަކާތެއްގެ ތެރެއިން، ފޮޓޯ:ސޯޝަލް މީޑިއާ
ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ނާޤާބިލްކަމާއި، މިސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ޤައުމުގެ މިނިވަންކަން ނުރައްކާތެރި ފައްތަރަކަށް ވެއްޓިފައިވާކަމުގައި އެމްޑީޕީގެ ކުރީގެ ރައީސް ޑރ.މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހާއި ގުޅިގެން ޤައުމު މިއަދު އޮތް ހާލަތާމެދު ކަންބޮޑުވެ ވަޑައިގެން ކުރެއްވި ޓްވީޓެއްގައި، ޑރ.މުނައްވަރު ވިދާޅުވީ ޤައުމުގެ ކަންކަން މިއަދު ހިނގަމުންދާ ގޮތުން މިނިވަންކަމަށް ނުރައްކާވާ ހިސާބަށް ކަންކަން ގޮސްފައިވާކަމަށެވެ.

ރާއްޖޭގެ މިނިވަންކަން ދެމެހެއްޓޭނީ ހަރުދަނާ ސިޔާސަތުތަކާއިއެކު ޤައުމުގެ މިނިވަންކަން ރައްކާތެރި ކުރެވޭނެ ވަރުގެ އަޒުމާއި ހިތްވަރު ހުރި ބަޔަކު ތިބެގެންކަމަށް މުނައްވަރު ވިދާޅުވިއެވެ. ނަމަވެސް މިއަދުގެ ނާޤާބިލް ސަރުކާރުގެ ސަބަބުން ޤައުމުގެ މިނިވަންކަމަށް ބުރޫއަރައި އިސްތިޤުލާލު ގެއްލެމުންދާކަމަށް މުނައްވަރުވަނީ ފާހަގަ ކުރައްވާފައެވެ.

"މިއީ ހިތާމަވެރި މިނިވަން ދުވަހެއް. މި ނާގާބިލް ސަރުކާރުގެ ސަބަބުން ރާއްޖޭގެ މިނިވަންކަން އޮތީ ނުރައްކަލެއްގައި، އަޅުގަނޑުމެންގެ މިނިވަންކަމާއި އިސްތިގްލާލައި، ދައުލަތެއްގެ ގޮތުގައި އަމިއްލައަށް ގޮތް ނިންމުމުގެ ހައްގު ދިފާއު ކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރަން އެބަ ޖެހޭ." ޑރ. މުނައްވަރު ވިދާޅުވިއެވެ.

ސިޔާސީ ކަންކަމާއި މުޅިން އެކަހެރިވެވަޑައިގެން ދުރުގައި އުޅުއްވާތާ ދުވަސްތަކެއް ފަހުން، މި ސަރުކާރަށް މިހާ ފާޅުކަން ބޮޑުގޮތެއްގައި ފާޑުވިދާޅުވެ ޓްވީޓެއް ކުރެއްވި މިއީ ފުރަތަމަ ފަހަރެވެ. މުނައްވަރަކީ އެމްޑީޕީ އުފެއްދުމުގައިވެސް އިސްދައުރެއް އަދާކުރައްވާފައިވާ އަދި އެމްޑީޕީ ހިންގުމުގައިވެސް އިސްދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ނަމަވެސް ފަހަކަށް އައިސް މުނައްވަރު ސިޔާސީ ހަރަކާތްތަކުން އެއްގޮތަކަށްވެސް ނުފެނެއެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ޝުކޫރު

26-Jul-2020

.ހަނިމާދޫގައި މިހާރު އިންޑިއާގެ މަތިންދާބޯޓެއް ބޭއްވުމުގެ އެއްބަސްވުމެއްގައި އެ އޮތީ ސޮއިކުރެވިފަ. ހަނިމާދޫ އާއި އެހާ ކައިރި ރަށެއްގައި ދިގު މުއްދަތަށް ބޭރު މީހުންނަށް ތިބެވޭނެ ފަދަ ގެދޮރު ބިނާ ކުރުވަން އިންޑިއާ އިން މަސައްކަތް ކުރުމަކީ ހަގީގަތުގައިވެސް ދިވެހިން ފުންކޮށް ވިސްނަން ޖެހޭކަމެއް


-6

ޝުކޫރު

26-Jul-2020

.ހަނިމާދޫގައި މިހާރު އިންޑިއާގެ މަތިންދާބޯޓެއް ބޭއްވުމުގެ އެއްބަސްވުމެއްގައި އެ އޮތީ ސޮއިކުރެވިފަ. ހަނިމާދޫ އާއި އެހާ ކައިރި ރަށެއްގައި ދިގު މުއްދަތަށް ބޭރު މީހުންނަށް ތިބެވޭނެ ފަދަ ގެދޮރު ބިނާ ކުރުވަން އިންޑިއާ އިން މަސައްކަތް ކުރުމަކީ ހަގީގަތުގައިވެސް ދިވެހިން ފުންކޮށް ވިސްނަން ޖެހޭކަމެއް


10

އަހުމަދު ނައިމް

26-Jul-2020

އަނދިރި ދައުލަތުގެ ބޮޑުންނަކީ ފޮރުވިގެން ތިއްބަސް ވަރަށް ފަސޭހައިން ބޭޒާރުވެ ފަޅައި އަރާ ބައެކެވެ . ގިނަފަހަރު ބޭޒާރުވާނީވެސް އަމިއްލައަށް އެޅޭ ޅައެއްޗަކުންނެވެ .


3

ސަރުމީލާ

26-Jul-2020

މިހާރަކު އެއްވެސް ޤައުމެއްގެ މިނިވަންކަމެއް އަނެއް ޤައުމަކަށް ނިގުޅާ އެއް ނު ގަނެވޭނެ ކަމެއް މުނައްވަރަކަށް ނޭނގުނު ދޯ އެވެ؟ ޔޫ އެން އުފެދުނީ، އެ ގޮތާށް މިނިވަންކަން ފޭރިގަތަ ނު ދިނުމަށެވެ. ދުނިޔޭގާ މިއަދު ހިނގަނީ، ކަނޑުގެ ޙުކުމެއް ނޫން ކަމެއްވެސް މުނައްވަރު ކިޔަވާގެން ހުރިވަރުން ނު ވިސްނުނު ދޯއެވެ؟ އަމުދުން އިންޑިޔާ މިނިވަންކަންމަތީ އޮތްހާ ހިނދު، ދިވެހިންގެ މިނިވަން ކަމަށް ކުޑަވެސް ބުރޫ އެއް އެރިޔަކަ ނު ދޭނެއެވެ. ދިވެހިރާއްޖޭގެ މި ރަށްތައް ފެތުރިފާ މި އޮތީ، އިންޑިޔާގެ ޓެރިޓޮރީ ތެރޭގާކަމެއްވެސް މުނައްވަރަކަށް ނު އެނގޭދޯއެވެ؟


-2

މިދުހަތު ޕާޓީ

26-Jul-2020

ތިޔައީ ކޮން ސިޔާސީ ހަރަކާތެއް? އެކަން ތިލަކޮށްލަދީބަލަ. ތިމާމެން ބަޔަކާ ނުޤަބޫލު ވިޔަސް ދޮގު ވާހަކަ ފެތުރުމަކީ މާތްﷲ ނަހީ ކުރައްވާކަމެއް. ނަރަކައިގެ ހޫނު އަލިފާންގަނޑުގެ ތެރެއަށް ވަންނަން އޮތް މަގެއް. ތައުބާވޭ!



ޓްރެންޑިން