ރައީސް، ޑރ. މުހައްމަދު މުޢިއްޒު
ރައީސް، ޑރ. މުހައްމަދު މުޢިއްޒު
އިގުތިސާދީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޚާއްސަކޮށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީ ޒޯންގެ ނަމުގައި ކުންފުންޏެއް އުފައްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.

އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ދިވެހި އިޤްތިޞާދު ކުރިއެރުވުމަށް ސަތޭކަ އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެއް އުފެއްދުމަށް ރައީސް، ޑރ. މުހައްމަދު މުޢިއްޒު ނިންމަވާފައިވާ ކަމަށެވެ. ވެރިކަން ލިބިވަޑައިގެންފިނަމަ ދައުރު ނިމޭއިރު ރާއްޖޭގެ ބޮލަކަށްޖެހޭ ޢާމްދަނީ 17000 އެމެރިކާ ޑޮލަރަށް ޖެއްސެވުމަކީ އަމާޒެއްކަމަށް ރިޔާސީ ކެމްޕޭނުގައި ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

މިކުންފުނި އުފެއްދުމުގެ މަޤްޞަދަކީ އިޤްތިޞާދީ ރައްކާތެރިކަން ކަށަވަރުކުރުމާއި، ވެލިއު އެޑް ކުރުމާއި، ޓްރާންސްޝިޕްމެންޓް ނުވަތަ ރީއެކްސްޕޯޓް ވިޔަފާރި ފުޅާކުރުން ކަމަށް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.

މިނިސްޓަރ ސަޢީދު މިމޭރުމުން ވިދާޅުވެފައިވާއިރު ސަރުކާރުގެ ހަފްތާ14 މަގުޗާޓުގައި ލ. އަތޮޅާއި، މާލޭ އޭރިޔާގައި ޓްރާންސްޝިޕްމެންޓް ބަނދަރުގެ މަސައްކަތް ފެށުމަށް ވަނީ ތާވަލު ކޮށްފައެވެ. އެގޮތުން ލ. ގާދޫގައި ބަންކަރިން ޚިދުމަތާއެކު ޓްރާންސްޝިޕްމެންޓް ބަނދަރެއްގެ މަސައްކަތް ފެށުމަށާއި، ގްރޭޓަރ މާލެ އޭރިއާގައި ޓްރާންސްޝިޕްމެންޓް ބަނދަރުގެ މަސައްކަތް ފެށުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

އޭގެއިތުރުން ބަންކަރިންގެ ހިދުމަތާއެކު އިހަވަންދިއްޕޮޅު ސަރަހަދުން ދަތުރުކުރާ ބޯޓު ފަހަރަށް ދޭންޖެހޭ ހިދުމަތް އިންވެސްޓްމަންޓެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަކީ މި ސަރުކާރުގެވެސް ވިސްނުން ކަމަށް ދާދިފަހުން ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ. އިހަވަންދިއްޕޮޅުގައި ތެޔޮ ސްޓޯރޭޖެއް ގާއިމްކޮށް، ބައިނަލްއަގުވާމީ ބަންކަރިންގެ ޚިދުމަތް ފެށުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އިން ޤަތަރުގެ އާބަކޮން ކުންފުންޏާ ހަވާލުކުރީ މިދިޔަ އޮގަސްޓް މަހުގެ 11 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން