ފޮރިން މިނިސްޓަރު މޫސާ ޒަމީރު(ކ) މޮރޮކޯގެ ސަފީރާއެކު--
ފޮރިން މިނިސްޓަރު މޫސާ ޒަމީރު(ކ) މޮރޮކޯގެ ސަފީރާއެކު--
ބައިނަލްއަގުވާމީ މަޝްރަހުގައި ރާއްޖެއިން މި އަހަރު މުހިންމު ދައުރެއް އަދާ ކުރައްވާނެ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

އާ އަހަރުގެ ތަހުނިޔާ ވިދާޅުވެ މޫސާ ޒަމީރު އިއްޔެ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތާއެކު ރާއްޖެއިން މިހާރު މި ފަށަނީ އާ ދަތުރެއް ކަމަށެވެ.

ޒަމީރު ވިދާޅުވީ އާ ދަތުރާއެކު ފަށަނީ "ދިވެހީންގެ ރާއްޖެ" ކަމަށެވެ. ހަމަ އެހެންމެ އާ ފުރުސަތުތަކާއެކު ފާގަތި އަދި އަމާން ރާއްޖެއެއް ބިނާކޮށް އެންމެން ޝާމިލުކުރައްވާނެ ކަމަށެވެ.

އޭގެ އިތުރުން ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖެއާއި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އޮންނަ އިހުތިރާމް އިތުރުކޮށް ބައިނަލްއަގުވާމީ މައިދާނުގައި އިތުރަށް ފައިތިލަ ސާބިތުކުރައްވާނެ ދަތުރަކަށް އެ ދަތުރުވެގެން ދާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ އިގްތިސާދީ ގޮތުން ކުރިއަރައި އަދި ދިވެހީންނަށް އިތުރު ފާގަތި ދިރިއުޅުމަކަށް ވެސް ވެގެންދާނެ ކަމަށެވެ.

އިސްރާއިލުން ޢައްޒާއަށް ދެމުންގެންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ވެސް ޒަމީރު ވަނީ ގޮވާލައްވާފައެވެ.

"ބައިނަލްއަގުވާމީ މަޝްރަހުގައި މި އަހަރު ރާއްޖެއިން މުހިންމު ދައުރެއް އަދާކުރާނަން." ޒަމީރު ވިދާޅުވި އެވެ.

ޒަމީރުގެ މެސެޖުގައި ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގައި ރާއްޖެއިން ހިފަހައްޓަވާނެ ކަމަށް ވެސް ވައުދުވެވަޑައިގެންނެވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން