ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު
ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރަމުންދާއިރު ދިވެހި ސިފައިން ތިބީ ރާއްޖޭގެ މިނިވަންކަން ކުޑަމިންވަރަކަށް ވެސް ދޫކުރާގޮތަކަށް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިއަދު ފާހަގަކުރަމުންދާ 55 ވަނަ މިނިވަން ދުވަހާއި ގުޅިގެން މަޖިލީހުގެ އިދާރާ އިން އާންމުކުރި ވީޑިއޯ މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ އިންޑިޔާ ކަނޑުގައި އަބަދުވެސް ދިވެހިން ތިބޭނީ ވަރުގަދަ ކަމާއެކުގައި ކަމަށެވެ. ރާއްޖެ އިން ޚާރިޖީ ގުޅުން ބޭރު ބަޔަކާއެކު ގާއިމް ކުރެވިފައިވަނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެއީ އިނގިރޭސީންގެ ހިމާޔަތުގެ ދަށުން ރާއްޖެ އަށް މިނިވަންކަން ލިބުނު ދުވަސް ކަމަށެވެ.

މީގެ ކުރިން އިނގިރޭސީން މަސައްކަތް ކުރީ އިންޑިޔާ ކަނޑުގައި އެމީހުންގެ ބާރުގަދަ ކުރުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ސައޫދީ އަރަބިއްޔާ އަށް ވުރެ ބޮޑު ކަމަށާއި، ޒަމާނުއްސުރެ ދިވެހިން އައީ އިންޑިޔާ ކަނޑުގައި މަސައްކަތް ކުރަމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

" ޒަމާނުއްސުރެ ދިވެހިން އައީ އިންޑިޔާ ކަނޑުގައި މަސައްކަތް ކުރަމުން ވިޔަފާރި ކުރަމުން، މިކަނޑަކީ އަޅުގަނޑުމެންގެ ކަނޑު، އަޅުގަނޑަށް ޔަގީން ކަށަވަރު، ސިފައިން ތިބީ ކުޑަމިންވަރަކަށް ވެސް މިނިވަންކަން ދޫކުރާ ގޮތަކަށް ނޫން." އިންޑިއާގެ ސިޔާސަތު ތަކަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ އަދި "އިންޑިއާ ފަސްޓް" ޕޮލިސީއަށް ތާއީދުކުރައްވާ ރައީސް ނަޝީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން