ވަގުފު ބިލްޑިންގ އެއް އިމާރާތްކުރުމަށް މާލެއިން އިތުރު ބިމެއް ހަމަޖައްސަވަން ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

މިކަން އިޢުލާންކުރައްވާފައިވަނީ ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަދެއްކެވި ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމްއެވެ.

ނާޒިމް ވިދާޅުވީ ރައީސް މިނިންމުން ނިންމެވީ ބިހުރޯޒް ކަމަނާ މިސްކިތާ އިންވެގެން އޮތް އިސްލާމިކް މިނިސްޓްރީގެ ގުދަން ހުރި ތަން ބޭނުންވެގެން އިސްލާމިކް މިނިސްޓްރީން ހުށަހެޅި ކަރުދާހާއި ގުޅޭގޮތުން ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު ކަމަށެވެ. އިސްލާމިކް މިނިސްޓްރީން ހުށަހެޅި ކަރުދާހުގައި ވަނީ މިހާރު މާލެ ސިޓީ ކައުންސިލްގެ ދަށުގައި އޮތް ބިމުގެ ރަޖިސްޓްރީ އިސްލާމިކް މިނިސްޓްރީއަށް ބަދަލުކޮށް އެ ތަނުގައި ވަގްފު އިމާރާތެއް އެޅުމަށެވެ. އެކަމަކު އެ ތަނުގައި އިމާރާތް އެޅުމުގެ ބަދަލުގައި އެހެން ބިމެއް ދޭން ރައީސް ވަނީ ނިންމަވާފައެވެ.

ރާއްޖޭގައި ވަޤުފުތައް އިތުރުކޮށް ލިބޭ އާމްދަނީން ދީނީ ކަންކަމަށް ކުރެވޭ ހޭދަ އިތުރުކުރުމަށް ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒުކުރުމުގެ ގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ނިންމަވާފައި ވަނީ ވަޤުފު އިމާރާތެއް އެޅުމަށް މާލެއިން އެކަށީގެންވާ ބިމެއް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ގުޅިގެން, ގިނަވެގެން ހަފްތާއެއްގެ ތެރޭގައި ހަމަޖެއްސެވުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން