މާލޭ ޒިކުރާ މިސްކިތަށް ބިސް ޖަހާފައި ހުރި މައްސަލަ ފުލުހުން ތަހުގީގް ކުރަން ފަށައިފި އެވެ

ފުލުހުންގެ ޚިދުމަތުން ބުނީ ޒިކުރާ މިސްކިތް ތެރެއަށް ބިސްތަކެއް އަޅާފައިވާ މައްސަލަ ރޭ ދަންވަރުގެ ވަގުތެއްގައި ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ މިހާރު ދެނެގަނެވިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

މިމައްސަލައިގައި ތުހުމަތުކުރެވޭ މީހާ އަދި މިހާތަނަށް ހައްޔަރުކޮށްފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ޒިކުރާ މިސްކިތަށް ބިސް ޖަހާފައި ހުރިތަން ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން