މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ، ފޮޓޯ:ހޯމް މިނިސްޓްރީ
މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ، ފޮޓޯ:ހޯމް މިނިސްޓްރީ
ދިވެހިންނަކީ އަޅުވެތިކަމަށް ރުހޭ ބައެއްނޫންކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޢާއްމުކުރެއްވި ތަހުނިޔާގެ މެސެޖްގައެވެ. މިނިސްޓަރ ވިދާޅުވީ ދިވެހިންގެ ތާރީޚަށް ބަލާއިރު ގިނަ ޒަމާންތައް ހޭދަކޮށްފައިވަނީ މިނިވަންކަން މަތީގައިކަމަށެވެ. އިންސާނުންގެ އުފާފާގަތިކަމާއި، އަބުރުވެރިކަމާއި، ހިތްހަމަޖެހުން ބިނާވެފައިވަނީ މިނިވަންކަމުގެ އަގުހުރި ޖައުހަރުގެ މައްޗަށްކަމަށް އެމަނިކުފާން ވިދާޅުވިއެވެ.

"މިނިވަންކަމަކީ އިންސާނުންނަށް މާތްﷲ ދެއްވާ ވަރަށް އަގުބޮޑު ނިޢުމަތެއް، މިނިވަންކަމުގެ އަގު ފުރިހަމައަށް ވަޒަންކުރެވެނީ މިނިވަންކަން ގެއްލިގެންދިއުމުން." މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިއަދުގެ ހާލަތަށް އިޝާރާތްކުރައްވާ މިނިސްޓަރ ވިދާޅުވީ މިއަހަރުގެ މިނިވަންދުވަސް އަޅުގަނޑުމެންނާ ބައްދަލުމިކުރީ ގޭބަންދާއި، ރަށުބަންދާއި، ތަފާތު އެކިއެކި ބަންދުތަކުގެ ސަބަބުން މިނިވަންކަން ގެއްލުމުގެ އިހުސާސް ކުރެވެމުންދާ ދަނޑިވަޅެއްގައިކަމަށެވެ. މިފަދަ ހާލަތްތަކުގައި އިޤްޠިޞާދީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން ކުރިމަތިވާ ބޮޑެތި ދަތިތައްވެސް މިއަދު ތަހައްމަލު ކުރަމުންދާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު އެދެނީ އަޅުވެތިކަމާ ދެކޮޅަށް ކާބަފައިން ކުރައްވާފައިވާ އަގުހުރި ޖިހާދުގެ މަތިން ހަނދުމަކޮށް ކޯވިޑް-19 ގެ ދަތިހާލަތުން އަރައިގަތުމަށް ކަމާގުޅޭ ފަރާތްތަކުގެ އިރުޝާދާއެކު ހުރިހާ އެންމެން ގުޅިގެން އެކުގައި މަސައްކަތްކުރުމަށް." މިނިސްޓަރ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން