ގައުމީ އެެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓާ އައިޝަތް ޖެނިފާ އެ މަގާމުން ވަކިކޮށްފި އެވެ.

މީޑިޔާއަށް މައުލޫމާތު ދެއްވަމުން އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓާ އައިޝަތް ޖެނިފާ ވިދާޅުވީ އޭނާ މަގާމުން ވަކިކުރީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.

ޖެނީފާ މަގާމުން ވަކިކުރިއިރު އޭނާ އައިލެންޑް އޭވިއޭޝަންގައި ވަނީ 25 އަހަރު ހިދުމަތް ކުރައްވާފައެެވެ.

ޖެނީފާ ވިދާޅުވީ ވަޒީފާއިން ވަކިކޮށްފައި ވަނީ ވަކި ސަބަބެއް ބަޔާންނުކޮށް ކަމަށެވެ. އަދި އޭނާ ވަކިކުރީ އެފަދަ ކަންކަން ކުރުމަށް ކުންފުނީގެ ބޯޑަށް ލިބިދޭ ބާރުގެ ދަށުން ކަމަށް ވެސް ޖެނިފާ ވިދާޅުވި އެވެ.

އައިލެންޑު އޭވިއޭޝަނުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޖެނިފާ އައްޔަންކުރެއްވީ ޑިސެމްބަރު 27، 2018 ގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހްގެ ސަރުކާރުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން