އަހުޒަމް އަޙްމަދު   3 ޖެނުއަރީ 2024 - 13:50
ސިޔާމް ބައްޕާފުޅާއެކު --- ފޮޓޯ/ ސަން
ސިޔާމް ބައްޕާފުޅާއެކު --- ފޮޓޯ/ ސަން
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު، ސަން ސިޔާމްގެ ބައްޕާފުޅު މުހައްމަދު ގާސިމް އަވަހާރަވެއްޖެ އެވެ.،

ގާސިމް އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ފަތިހު އެވެ.

ގާސިމް އަވަހާރަވި އިރު އުމުރު ފުޅަކީ 81 އަހަރެވެ.

އަވާހަރަވި އިރު ދެ ދުވަސް ވަންދެން އޮންނެވީ އޭޑީކާގައި އެޑްމިޓް ކުރައްވައިފަ އެވެ.

ގާސިމް ވަނީ ކުޑަފަރީގެ ކަތީބުކަމާއި ރަށު ސްކޫލުގެ ނާޒިރުކަން ވެސް ކުރައްވާފަ އެވެ.

ބެލެވޭ ގޮތުގައި ގާސިމްގެ ކަށު ނަމާދު މިއަދުގެ ވަގުތެއްގައި އޮންނާނެ އެވެ. ނަމަވެސް އަދި އެކަން އާއިލާއިން ހާމައެއް ނުކުރެ އެވެ.

ސިޔާމްއަކީ ގާސިމްގެ އެންމެ ދޮށީ ދަރިފުޅެވެ. ސިޔާމަކި ރާއްޖޭގެ ކާމިޔާބު ވިޔަފާރިވެރިއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން