އިލެކްޝަންސް ކޮމިޝަންގެ ރައީސްއާއި ނާއިބު ރައީސް--
އިލެކްޝަންސް ކޮމިޝަންގެ ރައީސްއާއި ނާއިބު ރައީސް--
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ދުވަސް އަންނަ އާދިއްތަ ދުވަހު ހާމަ ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބް "ރަސް" އަށް ވިދާޅުވީ މިހާރު މަސައްކަތް ކުރަމުން ދަނީ އިންތިހާބުގެ ގަވައިދުތައް އެކުލަވާލުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ.

އަދި އެންމެ ލަސްވެގެން އަންނަ އާދިއްތަ ދުވަހު އިންތިހާބު ބާއްވާ ދުވަސް ހާމަކުރާނެ ކަމަށް ހަބީބު ވިދާޅުވި އެވެ.

ހަބީބް ވިދާޅުވީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބަށް ވުރެ މި ފަހަރުގެ އިންތިހާބުގައި ވޯޓު ފޮށި ގިނަ ވާނެ ކަމަށާއި އަދި ކުރިއަށް ވުރެ ގިނަ އޮފިޝަލުން ވެސް ބޭނުންވާނެ ކަމަށެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ޕާޓީތަކުންނާއި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުން ކެމްޕޭން ފަށައިފައިވާ އިރު މިއީ އެންމެ ގިނަ އަދަދެއްގެ މެމްބަރުން ހޮވާނެ އިންތިހާބުވެސް މެއެވެ.

ނަވާރަ ވަނަ މަޖިލީހުގައި ތިއްބެވީ 87 މެމްބަރުން ނެވެ. ނަމަވެސް އަލަށް އިތުރު ކުރި ހަ ގޮނޑިއާއެކު ދެން މަޖިލީހަށް 93 މެމްބަރުން ހޮވާނެ އެވެ.

އޭގެ ތެރޭގައި މާލެ ސިޓީއަށް އިތުރުކުރާ ދެ ގޮނޑިއާއި އައްޑޫ ސިޓީއަށް އިތުރުކުރާ ދެ ގޮނޑި ހިމެނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ވަނީ ރަމަޟާން މަހުގެ ކުރިން އިންތިހާބު ބޭއްވޭ ގޮތަށް ހަމަޖައްސައި ދިނުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އެދިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން