ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް، ފޮޓޯ:ޕީޕީއެމް
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް، ފޮޓޯ:ޕީޕީއެމް
ރާއްޖޭގެ ވެރިކަމާއި ހަވާލުވެ މިއަދު އިސްކޮށް ތިއްބެވީ ޤައުމަށް ޣައްދާރުވެފައިވާ ބޭފުޅުން ކަމަށް އިދިކޮޅު ކޯލިޝަންގެ މެމްބަރުން އަދި ރައްޔިތުންގެ މަޖިލީޙުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވައި ޝިޔާމް ކުރެއްވި ޓުވީޓްގައި ވިދާޅުވީ މިއަދު ރާއްޖެއިން ފެނިގެންދަނީ މިނިވަންކަމެއްނެތި މަދު ފައިސާކޮޅަކަށް ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ނީލަމަށް ލާފައިވާ މަންޒަރުކަމަށެވެ. ޤައުމުގެ ހުންގާނުގައި ތިބީ ރާއްޖޭގެ ތާރީހުގައިވެސް ރާއްޖެ އަޅުވެތި ކުރުމަށް ހިއްވަރުދީ ބާރުއެޅި އާއިލާތައްކަމަށްވާއިރު އެމީހުންނަށް މިކަން ރަނގަޅު ކުރެވޭނެ ގޮތެއްވެސް ފެނިވަޑައި ނުގަންނަވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"މިއަދު ފެންނަނީ ޤައުމަށް އާމްދަނީ ހޯދާނެ ގޮތެއް ނޭގި ކުޑަފައިސާ ކޮޅަކަށް ޤައުމު އަޅުވެތި ކުރާމަންޒަރު. ޤައުމުގެ ހުންގާނުގައި ތިބީ ޤައުމަށް ޣައްދާރުން. އެމީހުންނަށް މި ޤައުމުގެ ދީނެއް، މިނިވަންކަމެއް ޤައުމިއްޔަތެއް މުހިންމެއް ނުވާނެ." ޝިޔާމްގެ ޓްވީޓުގައި ވިދާޅުވިއެވެ.

ޝިޔާމް މި ތުހުމަތު ކުރައްވާފައިވާ ބޭފުޅުންނަކީ 1988 ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖެއަށް އުދުވާނީ ހަމަލާ ދިނުމުގެ އަޑީގައި ތިއްބެވި ބޭފުޅުންނަށެވެ. އަދި މިއަދު ވެރިކަމުގައި ތިއްބެވި ބޭފުޅުންނާއި އެހާދިސާގެ މޭސްތިރިންނާއި ގުޅުން އޮތްކަމަށް ޝިޔާމްވަނީ ވިދާޅުވެފައެވެ.

މިނިވަންކަން ގެއްލުމުގެ ނުރައްކާ ބޮޑުކަން ސިފަކުރައްވައި ޕީޕީއެމްގެ މެމްބަރު އަދި ކުރީގެ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ.އަބްދުﷲ ޚަލީލް ކުރެއްވި ޓްވީޓްގައި ވިދާޅުވީ އިންޑިޔާ ކަނޑުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރެވޭނީ ޤައުމުތަކުގެ މިނިވަންކަމަށް އިޚްތިރާމު ކޮށްގެންކަމަށެވެ. ކުދި ޤައުމުތައް ބޮޑެތި ޤައުމުތަކުގެ މުށުތެރެއަށް ލުމަށް ކުރާ މަސައްކަތުން މިނިވަންކަމަށް ނޭދެވޭ އަސަރު ކުރަމުންދާކަމަށް ޚަލީލް ވިދާޅުވިއެވެ.

"އިންޑިޔާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން އޮންނާނީ ކުޑަޔަސް ބޮޑަސް އެކަނޑާއި ގުޅިފައިވާ ޤައުމުތަކުގެ މިނިވަންކަމާއި އިސްތިޤުލާލު ރައްކާތެރި ކުރެވިގެން. އިހުތުރާމު ކޮށްގެން. ކުދި ޤައުމުތައް މުށުތެރެއަށް ލުމުގެ ސިޔާސަތު އެއްވެސް ޤައުމަކުން ގެންގުޅޭނަމަ އެ ރައްކާތެރިކަމެއް ނޯންނާނެ." ޑރ. ޚަލީލުގެ ޓްވީޓްގައި ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-11

އިސްމައިލް ޝަރިފް

27-Jul-2020

ބޮޑެތިވަގުންް ގައްދާރައް ގޮވާކައް ލަދެއްނުގަނޭތަ


19

އަހުމަދު ދިދީ

26-Jul-2020

މުޅިގައު މުން ވައްކަން ކުރި މީހުން މިނިވަންކަންމަތީ އަބަދަށް.



ޓްރެންޑިން