ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް
ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް
ވަޒީފާ ގެއްލޭ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ބިލު އަލުން މަޖިލީހަށް ހުށަހަޅަން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ގޮވާލައްވައިފި އެވެ.

ނިމިގެން ދިޔަ އެމްޑީޕީގެ ވެރިކަމުގައި ހުށަހެޅި މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމުގެ ބިލު ފާސްކުރުމާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ އެ ބިލު ތަސްދީގު ކުރައްވައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން ފައްޔާޒް އެކްސްގައި ވިދާޅުވީ މިއީ ވަރަށްއުފާވެރި ތާރީހީ ދުވަހެއް ކަމަށެވެ. އެގޮތުން ޔޫނިއަން ގާނޫނުގެ އިތުރުން މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމުގެ ޤާނޫނު ވުޖޫދަށް އައުމަކީ، ރާއްޖޭގެ އިޖުތިމާއީ އަދި އިޤުތިސާދީ ދާއިރާއަށް ވެސް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

ހަމަ އެހެންމެ އެއީ މުޅި މާހައުލު ބަދަލުކޮށްލާނޭ ދެ ގާނޫނުކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

"ބާކީ އޮތީ ޔޫއީއައި ބިލް. މިއަދު މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރެވޭނޭ ވަށައިޖެހޭ ޤާނޫނީ އޮނިގަނޑު މިވަނީ ފުރިހަމަ ކުރެވިފައި. ޑރ. މުއިޒުގެ ސަރުކާރުން އަނބުރާ ގެންދިޔަ ވަޒީފާ ގެއްލޭފަރާތްތަކުގެ އިންޝުއަރަންސްގެ ބިލް އަލުން މަޖިލީހަށް ފޮނުވަން ސަރުކާރަށް ގޮވާލަން." ފައްޔާޒް ވިދާޅުވި އެވެ.

ވަޒީފާ ގެއްލޭ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ބިލެއް އެމްޑީޕީ ސަރުކާރުން ހުށަހެޅީ މިދިޔަ ނޮވެމްބަރު މަހު އެވެ.

އެ ބިލުގައި ވަނީ ވަޒީފާ ގެއްލިފައި ތިބޭ މީހުންނަށް "ޖޮބް ސާޗް" އެލަަވަންސްއެއް ދޭން ހުށަހަޅައިފަ އެވެ. އެ އެލަވަންސް ދެނީ ވަޒީފާ ގެއްލުނުއިރު ލިބެމުން ދިޔަ ޕެންޝަނަށް ބަލައި، މުސާރައިގެ 70 އިންސައްތަ އެވެ.

ނަމަވެސް މިދިޔަ މަހު ފަހުކޮޅު މި ސަރުކާރުން ވަނީ އެ ބިލު އަނބުރާ ގެންގޮސްފަ އެވެ. އެ ބިލާއެކު ކުރީ ސަރުކާރުން ހުށަހެޅި އިތުރު 13 ބިލެއް ވެސް މި ސަރުކާރުން ވަނީ އަނބުރާ ގެންގޮސްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން