ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން 36 ކެންޑިޑޭޓަކަށް ޕްރައިމަރީއަކާއި ނުލައި ޓިކެޓް ކަށަވަރުވެފައިވާ ކަމަށް އެޕާޓީން ބުނެފިއެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ ޕާޓީގެ މެމްބަރުންނަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުޞަތުގައި، އެއް ކެންޑިޑޭޓަކު ކުރިމަތިލާފައިވާ ދާއިރާތަކަށް ޕްރައިމަރީއަކާއި ނުލާ ޓިކެޓް ކަށަވަރުވެފައިވާ ކަމަށެވެ. ޓިކެޓް ކަށަވަރުވި ކެންޑިޑޭޓުންގެ ތެރޭގައި މިހާރު ވެސް މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރައްވަމުން ގެންދަވާ ބައެއް މެމްބަރުން ހިމެނޭ ކަން ފާހަގަކުރެވެއެވެ.

އެމްޑީޕީން ބުނިގޮތުގައި އެއް ކެންޑިޑޭޓަަކަށް ވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވާ ދާއިރާތަކުގައި ޕްރައިމަރީ އޮންނާނީ ޖެނުއަރީ 26 އަދި 27 ވަނަ ދުވަހު ކަމަށެެވެ.

އެމްޑީޕީގެ ޓިކެޓް ކަށަވަރުކުރި ކެންޑިޑޭޓުން:

1- އަހުމަދު ސަލީމް – ހޯރަފުށި ދާއިރާ

2- މުހައްމަދު އާރިފް – އިހަވަންދޫ ދާއިރާ

3- ހުސެއިން ޒިޔާދު – ވައިކަރަދޫ ދާއިރާ

4- މުހައްމަދު ރާއީ – މަކުނުދޫ ދާއިރާ

5- އަލީ ރިޒާ – މިލަންދޫ ދާއިރާ

6- މުހައްމަދު ޝާހިދު – ފުނަދޫ ދާއިރާ

7- އަހުމަދު ފާތިހު – ހޮޅުދޫ ދާއިރާ

8- އިސްމާއިލް އަހުމަދު – ދުވާފަރު ދާއިރާ

9- މުހައްމަދު ޝަފީގު – ތުޅާދޫ ދާއިރާ

10- ޖީހާން މަހުމޫދު – ހިންނަވަރު ދާއިރާ

11- މުހައްމަދު ލުތުފީ – މާފުށި ދާއިރާ

12- އިބްރާހިމް އަމީރު – ތުލުސްދޫ ދާއިރާ

13- އަލީ އަމީޒު – މާމިގިލީ ދާއިރާ

14- އިކްރާމް ހަސަން – ދިއްގަރު ދާއިރާ

15- އިޔާސް އަހުމަދު ލަތީފު – މީދޫ ދާއިރާ

16- ހަސަން ޝިނާން – ގުރައިދޫ ދާއިރާ

17- ހުސެއިން އަބޫބަކުރު – ފޮނަދޫ ދާއިރާ

18- ޔައުގޫބު އަބްދުﷲ – ދާންދޫ ދާއިރާ

19- އަހުމަދު ސައީދު – ގެމަނަފުށި ދާއިރާ

20- ސައްޔާހު ހަލީލު – ކޮލަމާފުށި ދާއިރާ

21- އަހުމަދު ގައިސް – ތިނަދޫ އުތުރު ދާއިރާ

22- އަހުމަދު ޒައީމް – ފަރެސްމާތޮޑާ ދާއިރާ

23- އަހުމަދު ސައީދު މުހައްމަދު – ގައްދޫ ދާއިރާ

24- ހުސެއިން މުހައްމަދު ދީދީ – ފުވައްމުލަކު މެދު ދާއިރާ

25- މުހައްމަދު އަސްލަމް – ހިތަދޫ އުތުރު ދާއިރާ

26- އިބްރާހިމް ނާޒިލް – ހިތަދޫ ދެކުނު ދާއިރާ

27- އިބްރާހިމް އަލީ ޖަލީލު – މެދު ހެންވޭރު ދާއިރާ

28- ހުސެއިން ޝަހީމް – ހެންވޭރު ދެކުނު ދާއިރާ

29- މުހައްމަދު އިބްރާހިމް – ގަލޮޅު ދެކުނު ދާއިރާ

30- މީކާއިލް އަހުމަދު ނަސީމް – ގަލޮޅު އުތުރު ދާއިރާ

31- ޟިރުއާމް ވަހީދު – މައްޗަންގޯޅި އުތުރު ދާއިރާ

32- އަބްދުﷲ ސިނާން – މައްޗަންގޯޅި ދެކުނު ދާއިރާ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން