މާލެއަށް މިފަހުން ކުރި ބޮޑު ވިއްސާރައިގައި ގެއްލުންވި 70 ގެއަށް 450،000 ރުފިޔާ ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ، އެންޑީއެމްއޭއިން ބުނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު މާލެއަށް ކުރި ވިއްސާރައިގައި 70 ގެއަށް އެކި ވަރުގެ ގެއްލުންވެފައިވާ ކަމަށާއި އެ ގެއްލުންތަކުގެ ބަދަލެއްގެ ގޮތުގައި 457،246.20ރ. ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން 34 ގޭބީސީއެއްގެ އިމާރާތަށް ލިބުނު ގެއްލުންތަކަށް 248،381ރ. ދިނުމަަށް ނިންމާފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެއެވެެ. މީގެ އިތުރުން 65 ގޭބީސީއެއްގެ ޒަރޫރީ ހިފާ ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމަށް 208،861.60ރ. ދިނުމަށް ނިންމާފައިވާއިރު އެގޭބީސީތަކަށް ލިބުނު ގެއްލުން މިލިއަން ރުފިޔާއަށް އަރާ ކަމަށް އެންޑީއެމްއޭ އިން މައުލޫމާތުދެއެވެ.

އެންޑީއެމްއޭ އިން ބުނިގޮތުގައި ވިއްސާރާގައި ލިބުނު ގެއްލުން ބެލުމަށް 87 ތަނެއްގެ އެސެސްމަންޓް ހެދިއެވެ. އޭގެ ތެރެއިން 19 ތަނަކީ އެކިއެކި ވިޔަފާރިތައް ހިންގާ ތަންތަން ކަމަށްވާއިރު 27 ގެއަކުން އެސެސްމަންޓް ހަދަން ބޭނުން ނުވާކަން އެންގި ކަމަށާއި އަދި 21 ގޭބީސީ އަކަށް އެކި ސަބަބުތަކާއި ހެދި ނުވަދެވުނު ކަމަށްވެސް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން