އަންނަ މާޗު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފުލުހުންގެ މުސާރަ ބޮޑުކުރަން ނިންމައިފިއެވެ.

އެކަން ހާމަކޮށްފައިވަނީ ހުރިހާ ފުލުހުންނަށް މިއަދު ފޮނުވާފައިވާ ދެންނެވުމެއްގައެވެ. އެ ދެންނެވުމުގައި ބުނެފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ މަސައްކަތް ކުރާ ޔުނީފޯމް ފުލުހުން ގާނޫނު ނަމްބަރު 11/2016 ދައުލަތުގެ މުސާރަައިގެ ސިޔާސަތުގެ ގާނޫނުގެ ދަށުން އެކުލަވާލައިފައިވާ "ދައުލަތުގެ ޕޭ ފްރޭމް ވާރކް" އަށް 2024 ޖަނަވަރީ 01 ވަނަ ދުވަހުން ފެށިގެން ތަންފީޒު ކުރަން ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އަދި 2024 މާރިޗު 01 ވަަނަ ދުވަހުން ފެށިގެން އެ ފްރޭމް ވޯކަށް އަމަލުކުރަން ފެށުމަށް ނޭޝަނަލް ޕޭ ކޮމިޝަނުން އަންގާފައިވާ ކަމަށް އެ ދެންނެވުމުގައި ބުނެފައިވެއެވެެ.

މުސާރައިގެ އޮނިގަނޑަށް ގެންނަ ބަދަލާއެކު ކޮންސްޓަބަލް ރޭންކުގެ ފުލުހެއްގެ މުސާރަ 11،000ރ. އިން 15،400ރ. އަށް ބޮޑުކުރަން ވަނީ ނިންމާފައެވެ.

ފުލުހުންގެ އިތުރުން ސިފައިން މުސާރަ ވެސް ބޮޑުކުރަން މީގެ ކުރިން ވަނީ ނިންމާފައެވެ. އެގޮތުން 11،500ރ. ގެ މުސާރަ ލިބޭ ސިފައިންގެ ޕްރައިވެޓް ރޭންކުގެ މީހަކަށް 16،300ރ. ގެ މުސާރައިގެ ކުރިއެރުމެއް ލިބޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން