ޑރ.ޖަމީލް ޓުވިޓާގައި ރައްދު ދެއްވައި ބަހުގެ ހޫނު ހަމަލާތައް ސަރުކާރަށް ދެއްވަމުންދަނީ މީގެކުރިން މަސައްކަތް ކުރެއްވިގޮތަށް، ފަނޑިޔާރުގެއަށް އަތްބާނައިގެން މަސައްކަތް ކުރެއްވި ގޮތަށް ކަން ކުރުމަށް މިއަދު ހުރަސްތަކެއް އޮތުމުންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.
ޖަޕާނުގައި ހުންނަވާ ރާއްޖޭގެ އެމްބެސެޑަރުގެ ނައިބު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަމީތު ހަމަޖެއްސުމާއި ގުޅިގެން ދެދުވަހެއްގެ މަތީން ނުސީދާކޮށް ޖަމީލް އެކަމަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓުތަކަށް ރައްދު ދެއްވަމުން އަމީތި ވިދާޅުވީ މިއަދު ފަނޑިޔާރުގެ ބަދަލުވެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި މީގެކުރިން ހިންގަމުންދިޔަ ކަންކަން ނުކުރެވެމުން އެކަން ކުރައްވަމުންދިޔަ ބޭފުޅުން ފަޅަފަޅައިގެން ދާނެކަމަަށެވެ.
"ފަނޑިޔާރުގެ ބަދަލުވެއްޖެ. ފަނޑިޔާރުންނަށް ބައި އަޅައިގެން ކޭސްތައް ނިންމަން އުޅުނު ވަކީލުންގެ ޖަޒުބާތު ބަންޑުން ނުވާންވީ ސަބަބެއްނެތް. ތިޔަ ފަޅަ ފަޅައިގެންދާ ޖަޒުބާތުގެ އަސްލަކީ ފަނޑިޔާރުގެއަށް އަތް ބޭނުމަށް އޮތް ހުރަސް ނޫންބާ." އަމީތުގެ ޓްވީޓްގައި ވިދާޅުވިއެވެ.
ހެލްތް މިނިސްޓަރ އަބްދުﷲ އަމީންގެ ކޮށްކޮ އަމީތަކީ މީގެ ކުރިން ޑރ.ޖަމީލާއި ވަރަށް އަރިސްކޮށް މަސައްކަތް ކުރައްވަމުންދިޔަ ބޭފުޅުންނެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ޑރ.ޖަމީލް ނައިބް ރައީސްކަމުން ވަކިކޮށް އޭރު ހިނގައިދިޔަ ކަންތައްތަކުގައި އޭރުގެ ސަރުކާރާއި ދެކޮޅަށް އެންމެ ގަދަޔަށް އަޑުއުފުލި މީހުންގެ ތެރޭގައިވެސް މި ބޭފުޅުން ހިމެނި ވަޑައިގަންނަވައެވެ.
ޑރ.ޖަމީލަކީ ރައީސް ޔާމީން ވެރިކަމުން ބޭލުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއްބޭފުޅާއެވެ. އަދި ޔާމީންގެ ވެރިކަން ނިންމައި މިހާރުގެ ވެރިކަން ގެނައުމަށްވެސް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގެންނެވި ބޭފުޅެކެވެ. މިއަދު ޖަމީލުވަނީ އޭނާ މަޤާމުން ވަކިކޮށް ބޮޑެތި ތުހުމަތުތަކެއް ކޮށް ހާލުގައި ޖެއްސި ރައީސް ޔާމީނާއި ބައިއަތު ހިއްޕަވާފައެވެ.
އަމީތަކި ޔާމިންގެ ވަރުގަދަ ވެރިކަމުގެ ބިންގަލުގައި ރެނދު އަޅުވާލި ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގެން އެ މަސައްކަތުގައި ޖަލަށް ވެސް ވަޑައިގެންނެވި ބޭފުޅެކެވެ.
ޑރ.ޖަމީލް ކުރެއްވި ޓްވީޓްގައި ވިދާޅުވީ މިހާލަތުގައި ބޮޑެތި ހޭދަތަކެއްކޮށް އިތުރު ވަޒީފާތައް އުފެއްދުމަކީ ޤަބޫލުކުރެވޭނެ ކަމެއްނޫންކަމަށެވެ. އަދި އެއްވެސް ސިޔާސަތެއް ނެތި އަބްދުﷲ ޝާހިދު މަސައްކަތް ކުރައްވަމުންދާ ކަމަށްބުނެ ޖަމީލްވަނީ ފާޑުވިދާޅުވެފައެވެ.
"ފޮރިން މިނިސްޓަރ އަށް ބުރަވެ ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދަކޮށް ވަޒީފާ އަށް މީހުން އިތުރުކޮށް ހެލްތުން އޮބިއަޅާ ފޮރުވި ހަގީގަތް ދުނިޔެއަށް އެނގިއްޖެ. ފޮނިބައިސާ ކަނޑަމުން ހިންގެވުމަކުން ފަތުރުވެރިން ނާންނާނެ. ސަމާސާ ކުރާވަރަށް ވުރެ އިޤްތިޞާދީ މި ވަޅުގަނޑުގެ ނާމާންކަން ބޮޑު." ޖަމީލު ވިދާޅުވެފައިވެއެވެ.
ސަރުކާރަށާއި، ސަރުކާރުން ކުރަމުންދާ މަސައްކަތް ތަކަށް ފާޅުގައި އެންމެބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ޑރ.ޖަމީލަށް ބޮޑުބޭބެ ވިދާޅުވާ މުހައްމަދު މަލީހު ޖަމާލަކީ މިސަރުކާރުގެ ވަޒީރެކެވެ. ޖަމީލްދަނީ މިފަހުން ހެލްތް މިނިސްޓަރ އަބްދުﷲ އަމީނަށްވެސް ފާޑުވިދާޅުވެ ޓްވީޓް ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު