އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިޖްތިމާއީ ޒިންމާ "ޕްރިމިއަމް ފޯ ގުޑް" ގެ ދަށުން ތައާރަފުކޮށްފައިވާ؛ ކޮމިއުނިޓީ ފަންޑް އަދި އެޑިއުކޭޝަން ފަންޑަށް 2023 ވަނަ އަހަރު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ފަންޑް ލިބޭ ފަރާތްތައް ކަނޑައަޅާ އިއުލާންކޮށްފިއެވެ.

"އެލައިޑް ކޮމިއުނިޓީ ފަންޑް" އަކީ 7 ދާއިރާއެއް ހިމެނޭގޮތަށް މުޖުތަމައުއަށް މަންފާ ކުރުވަނިވި ހިޔާލުތައް ހަގީގަތަކަށް ހެދުމުގެ ބާރުވެރިކަން އަތޮޅު ތެރޭގައި ހަރަކާތްތެރިވާ ޖަމިއްޔާތަކަށް ލިބިދޭ ފަންޑިންގ ޕްރޮގްރާމެކެވެ. އެގޮތުން ސިއްހީ ދުޅަހެޔޮކަން، އިޖުތިމާއީ ހިދުމަތް، ތިމާވެށި ރައްކާތެރިކުރުން، އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް، މިންތީގެ ހަމަހަމަކަމާއި ތާރީހުގެ ރޮނގުން ހެޔޮ ބަދަލުތަކެއް ގެނައުމަށް ހިންގިދާނެ ޕްރޮޖެކްޓްތަކަށް ކުރިމަތިލުމަށް ހުޅުވާލާ އެންމެ ރަނގަޅު ހިޔާލު ހުށައަޅާ 4 ފަރާތަކަށް 50،000 ރުފިޔާގެ ފައިސާގެ އެހީ، މިފަންޑުގެ ދަށުން ފޯރުކޮށްދެއެވެ.

މިއަހަރުގެ ކޮމިއުނިޓީ ފަންޑް ލިބޭ ޖަމިއްޔާތަކަކީ:

1. ނައިފަރު ޖުވެނައިލް

2. މިލަންދޫ ސްޕޯޓްސް ކްލަބް

3. ކެޔޮދޫ އިސްދަރިވަރުންގެ ޖަމިއްޔާ

4. ބްލޫ ގިލްޑް ފައުންޑޭޝަން

މީގެ އިތުރުން "އެލައިޑް އެޑިޔުކޭޝަން ފަންޑް" އަކީ ތައުލީމީ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި، ދަރިވަރުންނާއި ޓީޗަރުންނަށް މަންފާކުރުވަނިވި ހިޔާލުތަކަށް ހިތްވަރުދޭ ޕްރޮޖެކްޓްތަކަށް ކުރިމަތިލުމަށް ހުޅުވާލާ، އެންމެ ރަނގަޅު ހިޔާލު ހުށައަޅާ ފަރާތްތަކަށް 25،000 ރުފިޔާގެ ފައިސާގެ އެހީ ފޯރުކޮށްދޭ ފަންޑެކެވެ.

އެގޮތުން މިއަހަރުގެ އެޑިއުކޭޝަން ފަންޑް ލިބޭ ސްކޫލްތަކުގެ ތެރޭގައި ފޯކައިދޫ ސްކޫލް، މާމެންދޫ ސްކޫލް، ހިރިލަންދޫ ސްކޫލް، ބ އަތޮޅު އެޑިއުކޭޝަން ސެންޓަރ، އަދި މުހައްމަދު ޖަމާލުއްދީން ސްކޫލްގެ އިތުރުން މަދަރަސަތުލް އިފްތިތާހު ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން