ފ. ނިލަންދޫ--
ފ. ނިލަންދޫ--
ފ. ނިލަންދޫގައި އެއާޕޯޓު އަޅަން ހިއްކުމަށް އީއައިއޭ ސާވޭތައް ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ މިއަދު މެންދުރު ކޮންސްޓްރަކްޝަން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އެ މަސައްކަތް ހަވާލު ކުރީ 120 ދުވަސް ތެޜޭގައި ނިންމާ ގޮތަށެވެ. އެ މަސައްކަތަށް ބޭނުންވާ ފައިސާ މި އަހަރުގެ ބެޖެޓުގައި ވެސް އޮތީ ހިމަނައިފަ އެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ އެ މަޝްރޫއަށް ހަރަދުވާނެ ފައިސާ ކަނޑައެޅޭނީ ސާވޭތަކަށް ފަހު ކަމަށެވެ. އަދި އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެެވެ.

ނިލަންދޫގައި އެއާޕޯޓެއް އަޅާއިރު އެ ރަށާ ވަރަށް ކައިރީގައި 15 މިނެޓުން ދެވޭ ހިސާބުގައި ފ. މަގޫދޫގައި ދަނީ އެއާޕޯޓެއް ހަދަމުން ނެވެ. އެ އެއާޕޯޓުގެ މަސައްކަތް މިހާރު އޮތީ ނިމުމުގެ މަގުމަތީގަ އެވެ.

އެހާ ކައިރީގައި އެއާޕޯޓެއް އަޅާތީ އެކަމާ ގުޅޭ ގޮތުން އަމާޒުވި ސުވާލަކަށް ޖަވާބު ދެއްވަމުން މުއްތަލިބު ވިދާޅުވީ އެއާޕޯޓްތައް އެޅުމުގެ ޕްލޭންތައް ހަދަނީ ހައުސިން މިނިސްޓްރީން ކަމަށާއި އަދި އެކަން ކުރަނީ އާބަން ޑިވޮލޮޕްމަންޓް ފަދަ ކަންކަމަށް ރިއާޔަތް ކުރުމަށް ފަހު ކަމަށެވެ.

އަދި އެ މަޝްރޫއަކީ ދައުލަތުގެ ބަޖެޓުގައި ހިމެނިފައި އޮތް މަޝްރޫއަކަށް ވުމާއެކު އެ މަސައްކަތް ފަށަނީ ކަމަށް ވަޒީރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން