ކުރި ސަރުކާރުން ތަރައްގި ކުރަން ފަށްމާފައިވާ ފަހި ދިރުއުޅުން ފްލެޓުތައް ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރަން ތައްޔާރުވަމުން ދާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހާމަކޮށްފިއެވެ.

އެފްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކޯޕަރޭޝަނުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަމުންދާ 4000 ހައުސިން ޔުނިޓްގެ މަސައްކަތް ކުރިއަށްދަނީ ހަމަޖެހިފައިވާ ޝެޑިއުލްއާ އެއްގޮތަށް ކަމަށާއި އެ ޔުނިޓުތައް ހައްގުވެރިންނާއި ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ހަވާލުކުރުމަކީ އެ ކޯޕަރޭޝަނުން އެންމެ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތެއް ކަމަށެވެ.



އެފްޑީސީން ބުނިގޮތުގައި ބައެއް ޓަވަރުތަކުގެ މަސައްކަތް ޝެޑިއުލަށްވުރެ އަވަސް މުއްދަތެއްގެ ތެރޭގައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ. އެފްޑީސީން ބުނި ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް މަސައްކަތް ހަލުވި ކުރެވިފައިވާ ޓަވަރުތަކުގައި 31 ޝީޓް އަޅައި ނިންމާފައިވާއިރު، މިއީ މި މަޝްރޫއުގައި މިހާތަނަށް ކުރިއަށް ގެންދެވުނު އެންމެ ހަލުވި ސްލެބްގެ މަސައްކަތް ކަމަށެވެ.

އޭގެ އިތުރުން، ވީހާ ވެސް އަވަހަކަށް އެ ހައުސިން ޔުނިޓުތައް ހަވާލުކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރަމުންދާއިރު ސައިޓުތަކުގައި ތިން ޝިފްޓަކަށް ބަހާލައިގެން 24 ގަޑިއިރު މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެފައި ވެއެވެ.

އެފްޑީސީ-ޖޭއެމްސީ އާއި އެފްޑީސީ-އެންބީސީސީ ހައުސިން މަޝްރޫއުގެ ދަށުން ތަރައްޤީކުރާ ޖުމްލަ 4000 ހައުސިން ޔުނިޓް ތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ 2800 ހައުސިންގ ޔުނިޓާއި، ދެ ކޮޓަރީގެ 1200 ހައުސިންގ ޔުނިޓެވެ. ތިން ކޮޓަރީގެ ޔުނިޓްތަކުގައި ހުންނާނީ 900 އަކަފޫޓެވެ. އަދި ދެ ކޮޓަރީގެ ޔުނިޓްތަކުގައި ހުންނާނީ 650 އަކަފޫޓެވެ.

އެފްޑީސީއިން ތަރައްގީކުރާ މި ޓަވަރުތަކަކީ މިކްސްޑް ރެސިޑެންޝަލް ޓަވަރުތަކެކެވެ. އެހެންކަމުން މިއިން ކޮންމެ ޓަވަރެއްގެ ފުރަތަމަ ފަންގިފިލާ ހާއްސަކޮށްފައިވަނީ ވިޔަފާރީތަކަށާއި ޕާކިންއަށެވެ.

17 ފަންގިފިލާއާއި 18 ފަންގިފިލާއާ ދެމެދުގެ ކޮންމެ ޓަވަރެއް ފަރުމާކޮށްފައިވަނީ ރަށްވެހިންނަށް ފަސޭހަ ވާޓިކަލް މޮބިލިޓީއެއް ލިބޭ ގޮތަށް ތިން ލިފްޓާއެކުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން