އައު އަހަރާއި ދިމާކޮށް ބޮލީވުޑްގެ މަޝްހޫރު ބިޕާޝާ ބާސޫއާއި ފިރިމީހާ ކަރަން ސިންގް ގްރޯވާ އަނެއްކާވެސް ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.

ބިޕާޝާއާއި ކަރަން ރާއްޖޭގައި ޗުއްޓީ ހޭދަކުރަން ޒިޔާރަތް ކުރުމުން ޓުއަރިޒަމް މިނިސްޓަރ ފައިސަލް އިބްރާޙީމް ވަނީ އެދެތަރިންނަށް މަރުހަބާ ވިދާޅުވެ ބައްދަލުކުރައްވައި، އެކީގައި ފޮޓޯ ނަންގަވާފައެވެ.



ބިޕާޝާއާއި ކަރަން ކައިވެނިކުރުމުގެ ކުރިންވެސް ރާއްޖޭގައި އައު އަހަރުގެ މުނާސަބާ ފާހަގަކޮށްފައި ވެއެވެ. ބިޕާޝާއާއި ކަރަން ފަދަ މަޝްހޫރު އެތައް ބޮލީވުޑް ތަރިންގެ މެދުގައި ރާއްޖެއަކީ ޗުއްޓީ ހޭދަކުރުމަށް މަގްބޫލު މަންޒިލެކެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި ބިޕާޝާއާއި ކަރަންގެ ދަރިފުޅު ދޭވީގެ ފުރަތަމަ އުފަންދުވަސްވެސް ފާހަގަކުރީ ރާއްޖޭގެ ރިޒޯޓެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން