ކައުންސިލުތަކުން އަމިއްލަ ބިލްޑިންގ ކޯޑު ހަދައިގެން އަމަލު ނުކުރެވޭނެ ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ އަބްދުﷲ މުތަލިބް ވިދާޅުވެއްޖެ އެވެ.

މާފުށީ ކައުންސިލުން މިއަދު ވަނީ ކައުންސިލްގެ އަމިއްލަ ބިލްޑިންގ ކޯޑެއް ތައްޔާރުކޮށް އެކުލަވާލާނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފަ އެވެ. މިގޮތަށް އިއުލާން ކުރުމުން ސޯޝަލް މީޑިއާގައި ވަނީ ކައުންސިލަށް ފާޑުކިޔުންތައްވެސް އަނާޒުވެފަ އެވެ.

މިމައްސަކައާއި ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓަރ މުއްތަލިބް ވިދާޅުވީ ގައުމީ ބިލްޑިންގ ކޯޑެއް ކޮންސްޓްރަކްޝަން މިނިސްޓްރީއިން ވަނީ އެކުލަވާލާފައި ކަމަށާއި ވަކި ކައުންސިލަކަށް އަމިއްލަ ބިލްޑިންގ ކޯޑެއް އެކުލަވާލުމުގެ ބާރު ލިބިފައި ނުވާ ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މި މައްސަލައިގައި ކައުންސިލްތަކާއެކު މަސައްކަތް ކުރާނެ ކަމަށާއި ކައުންސިލުގެ ކަންބޮޑުވުމެއް އޮތް ނަމަ އެކަމެއް ހައްލުކުރުމަށް މިނިސްޓްރީއިން އެހީތެރި ވެދޭނެ ކަމަށެވެ.

ރާއްޖޭގެ ގައުމީ ބިލްޑިންގ ކޯޑަކީ ކޮންސްޓްރަކްޝަން މިނިސްޓްރީއިން އެކުލަވާލާފައިވާ ގާނޫނީ ބާރު ލިބިގެންވާ ކޯޑެކެވެ. ރާއްޖޭގެ އިމާރާތް ކުރުމުގެ މަސައްްކަތް ކުރެވޭނީ މި ކޯޑާ އެއްގަތަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން