ހއ. ދައްޕަރުގައި އިންޑިއާ މީހުން އާބާދު ކުރުމަށް އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ހުށަހެޅި ކަމަށް ބުނެ އޮންލައިން ނޫހެއްގައި ފެތުރި ޚަބަރު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ދޮގު ކުރައްވައިފިއެވެ.
"އުތުރުގެ ރަށެއްގައި އިންޑިއާ މީހުން އާބާދު ކުރަނީ؟!" މި ސުރުހީގެ ދަށުން "ދިޔަރެސް" ނޫހުގައި ޖަހާފައި އޮތް ޚަބަރެއްގައި ބުނެފައިވަނީ އިންޑިއާ އިން ރާއްޖެ އަށް ހުށަހަޅާފައި ވަނީ ދައްޕަރުގައި ވިލާތަކެއް އެޅުމަށްފަހު އެތަންތަން މިލްކުކުރެވޭ ގޮތަށް ނޫނީ ދިގު މުއްދަތަށް ބޭރުގެ ފަރާތްތަކަށް ކުއްޔަށް ދިނުމަށެވެ. އަދި އެގޮތަށް ދޫކުރާ ފަރާތްތަކަށް ރާއްޖެއިން ރެސިޑެންސް ވިސާ ދިނުމަށް ހުށަހަޅާފައި އޮތް ކަމަށް އެ ނޫހުގައި ބުނެފައިވެއެވެ.
ދައްޕަރުގައި ބޭރު މީހުންނަށް މިލްކު ކުރެވޭގޮތަށް ވިލާތަކެއް އަޅަން ކުރިންވެސް އެމްޑީޕީ ސަރުކާރުން އުޅުނު ކަމަށް އެ ނޫހުން ބުނެފައިވެއެވެ. އަދި އެކަމާ ގުޅޭ ލިޔެކިޔުންތައް އެ ނޫހަށް ލިބިފައިވާ ކަމަށް ވެސް އެ ޚަބަރުގައި ރިޕޯޓްކޮށްފައިވެއެވެ. އެކަމާއި ގުޅިގެން އިކޮންމިކް މިނިސްޓަރު ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ރިޕޯޓުގައި ވަނީ ސައްހަ މައުލޫމާތެއް ނޫން ކަމަށެވެ. އެފަދަ ދޮގު މައުލޫމާތުތައް ހިމެނޭ ރިޕޯޓެއް ޝާއިއު ކޮށްފައިވަނީ ރާއްޖޭގެ މިނިވަން ދުވަހު ކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ އެ ރިޕޯޓުގައިވާ ކަންކަން ބަލައިދިނުމަށް އެދި ކަމާބެހޭ އިދާރާތަކަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި އެ މައްސަލަ ހުށަހެޅުއްވުމަށްފަހު ހަގީގަތް ހާމަ ކޮށްދެއްވާނެ ކަމަށް މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.
ހަމަ އެ ރިޕޯޓަށް ރަށްދު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން ވިދާޅުވީ ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޭރު މީހުން އާބާދު ކުރުމުގެ ވިސްނުމެއް އެއްވެސް އިރެއްގައި ސަރުކާރުން ގެންގުޅެފައި ނުވާނެ ކަމަށެވެ. ރައްޔިތުން މަޖިލިހުގެ ކޮމިޓީއެއްގައި ވާހަކަދައްކަވަމުން، ފައްޔާޟް އިސްމާޢީލު ވިދާޅުވެފައި ވަނީ ސެކަންޑް ހޯމް ނުވަތަ ދެވަނަ ޤައުމުގެ އުޞޫލުން ރެސިޑެންސީ ވިލާ ދޫކުރުމާއި ވިއްކުމުގެ ވިސްނުމަކީ ސަރުކާރުން ގެންގުޅޭ ވިސްނުމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު