ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުން މިއީ ދިވެހިންގެ އުއްމީދާއި ގުޅުން ހުރި ތަރައްގީގެ މަޝްރޫޢުއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި އިކޮނޮމިކް ޒޯން ތަރައްޤީ ކުރުމުގެ މަޝްރޫޢު އިފްތިތާޙް ކުރުމަށް މިރޭ ބޭއްވި ހާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމަށް މިރޭ އިފްތިތާހު ކުރި ތަސައްވުރާއި އެކު، އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ އެތަސައްވުރު ހަގީގަތަކަށް ހެދޭނެކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި މިހާރު ހިނގަމުންދާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އެކްސްޕެންޝަން ޕްރޮޖެކްޓުގެ މަސައްކަތާއިއެކު، އެއަރޕޯޓު އިތުރަށް ތަރައްގީ ކުރުމަށް މިރޭ އިފްތިތާޙު ކުރެވުނު މަސައްކަތްތައް ފެށިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، ދެންމެގަ މި އިފްތިތާޙް ކުރެވުނު ތަސައްވުރާއި އެކީގައި، އަޅުގަނޑުމެން އެންމެން ގުޅިގެން ދިވެހީންގެ ރާއްޖޭގެ މި ތަސައްވަރު ހަގީގަތަކަށް ހަދާނަން. އިރާދަ ކުރެއްވިއްޔާ އެކަން މިއަހަރު ތެރޭގައި، މިހާރު ހިނގަމުންދާ އެކްސްޕެންޝަން ޕްރޮޖެކްޓުގެ މަސައްކަތް ހިނގަމުންދާއިރު، ދެންމެގަ ފެނުނު (މިރޭ އިފްތިތާޙު ކުރެވުނު) ގިނަ މަސައްކަތްތައް ޕެރެލަލީ އެކުއެކީގައި ފަށާނަން." ޑރ. މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީގެ ޕްރޮޖެކްޓަކީ ރާއްޖޭގެ އިގުތިސާދު ކުރިއެރުވުމަށްޓަކައި އިސް ރޯލެއް އަދާ ކުރާނެ ޕްރޮޖެކްޓެއް ކަމަށާއި، އަދި މި ޕްރޮޖެކްޓާއެކު ރާއްޖޭގެ އިގުތިސާދު ތިން ގުނައަށް ފުޅާ ކުރެވިގެން ދިއުމުގެ ފުރުސަތު އޮތްކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން