ރާއްޖޭގައި ބައިނަލްއަގްވާމީ މާލީ އިދާރާތައް ހިންގުމަށް މަގުފަހިކުރުމަށް އާ އިދާރާއެއް އުފައްދަން ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުގެ އެ ނިންމުން ހާމަކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ ބިޔަ މަޝްރޫއު އިފްތިތާހުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒެެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖޭގައި ބައިނަލްއަގްވާމީ މާލީ އިދާރާތައް ހިންގުމުގެ މަގުފަހިކުރުމަށް "މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝިއަލް ސާވިސަސް އޮތޯރިޓީ" ނަމުގައި އާ އިދާރާއެއް އުފެއްދުމަށް ނިންމާފައިވާ ކަމަށެވެެ.

އަދި މަރުކަޒީ ބޭންކް، އެމްއެމްއޭއާއި އެ ނޫން އިދާރާތަކާ ގުޅިގެން އެ އިދާރާ ގާއިމްކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެކަމަކީ ބައިނަލްއަގްވާމީ ފައިނޭންޝަލް ސެންޓަރުތައް ރާއްޖޭގައި ގާއިމްކުރުމަށްޓަކައި ކުރާ ކަމެއް ކަމަށެވެ. ރައީސް ވިދާޅުވީ އެކަމަށް މަގު ފަހިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމާ ގުޅުންހުރި ޚާއްސަ ގާނޫނުތައް ހަދާނެކަމަށެވެ. އަދި އަންނަ އާދިއްތަ ދުވަހު އޮންނަ ކެބިނެޓް ބައްދަލުވުމުގައި އެ ކަން ކުރުމަށް ހުށަހަޅައި، އިތުރު މަޝްވަރާތައް ކުރައްވާނެކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން