ފުނަދޫ ތަރައްގީކޮށް ނިމޭއިރު ގާއިމުވެގެންދާނީ އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި އިކޮނޮމިކް ޒޯން ތަރައްޤީ ކުރުމުގެ މަޝްރޫޢު އިފްތިތާޙް ކުރުމަށް މިރޭ ބޭއްވި ހާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ފުނަދޫ ތަރައްގީ ކުރުމަކީ މިރޭ އިފްތިތާޙު ކުރެވިގެން ދިޔަ ތަސައްވަރު ތެރޭގައި ހިމެނޭ މަޝްރޫޢުއެއް ކަމަށެވެ.

އެގޮތުން އެންމެ ފުރަތަމަ ކަމަކީ ފުނަދޫގައި މިހާރު ހުރި އެސްޓީއޯގެ އޮއިލް ސްޓޯރޭޖް ފެސިލިޓީ އެހެން ތާކަށް ބަދަލު ކުރުން ކަމަށާއި، މިމަސައްކަތް ކުރިއަށް އޮތް 18 މަހާއި 24 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފުނަދޫ ތަރައްގީ ކުރުމަށް މިހާރު އެސްއީޒެޑުގެ ދަށުން ފެށިފައިވާ މަސައްކަތުގެ ތެރެއިން އަދި އެއަށްވުރެއްވެސް ފުޅާކޮށް ކުރިއަށް ރޭވިފައިވާ މަސައްކަަތުގެ ދަށުން ފުނަދޫ އަކިީ އިންޓަރނޭޝަނަލް ފައިނޭންސިންގ ސެންޓަރެއްގެ ގޮތުގައި ހެދުމަކީ މިރޭ އިފްތިތާހު ކުރެވިގެން ދިޔަ ތަސައްވުރުގައި ހިމެނިފައިވާ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން ފުނަދޫގެ ތަރައްގީގެ ތަސައްވުރުގައި ކުލަ ޖެހެމުންދާއިރު، ފުނަދޫއާއި މާލެ އާއި ދެމެދުގެ އިތުރުން، ފޮނަދޫ އާއި ހުޅުލެއާ ދެމެދު ގުޅުވާލުމަށް ބްރިޖުތައް އެޅުމަށް ހަމަޖެހިފައިވާކަމަށް ވެސް ރައީސް މިރޭ ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ދަައްކަވަމުން ރައީސް ވިދާޅުވީ މިރޭ އިފްތިހާހު ކުރެވިގެންދިޔަ ތަސައްވުރަކީ ރާއްޖޭގެ ތަރައްގީއަށް އިސްރޯލެއް އަދާ ކުރާނެ މަޝްރޫޢުތަކަކަށް ވެގެންދާނެ ކަމަށާއި، އެހެން ކަމުން މިމަސައްކަތްތައް ފެށުމަށް ލަސްތަކެއް ނުކުރައްވާނެކަމަށެވެ.

އެކި ކަހަލަ ވިޔަފާރި ތަކާއި ހޮޓާ ތަކާއި މުނިފޫހި ފިލުވުމުގެ ޚިދުމަތްތަކާއެކު ތަރައްގީކުރާ ފުނަދޫއަކީ މި ޕްލޭންގައި ވާގޮތުން ސީ ޕްލޭން ޓާމިނަލްވެސް ތަރައްގީކުރާ ރަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން