އައްޑޫ ސިޓީ ހިތަދޫ- ހުޅުމީދޫ ބްރިޖްގެ ޑިޒައިން މަސައްކަތް ވަރަށް އަވަހަށް ބަޔަކާއި ހަވާލުކުރާނެ ކަމުގައި ސަރުކާރުން ހާމަކޮށްފިއެވެ.

އެގޮތުން މި މަސައްކަތަށް ބޭނުންވާ ފީޒިބިލިޓީ އާއި ޑިޒައިން މަސައްކަތް ވަރަށް އަވަހަށް ބަޔަކާ ހަވާލު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެފައި ވެއެވެ. ރައީސް މިފަދައިން ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް އިންގިލާބީ ބޮޑު ބަދަލެއް ގެންނާނެ މަޝްރޫއު އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި އަހަރުގެ ބަޖެޓުގައި ވަނީ އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫއާއި ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖްގެ ސާވޭއަށް ބޭނުންވާ 30 މިލިއަން ރުފިޔާ ހިމަނާފައެވެ. މި މަޝްރޫޢު ނިންމުމާއެކު ހިތަދޫ-ހުޅުމީދޫ ބްރިޖް ވާނީ މިޙާތަނަށް ރާއްޖޭގައި އެޅޭނެ އެންމެ ބޮޑު ބްރިޖަށެވެ.

ހިތަދޫއާއި ހުޅުމީދޫ ބްރިޖަކުން ގުޅާލުމަކީ ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމްގެ 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިންގައި ވެވަޑައިގަތް ވައުދުފުޅެކެވެ.

މިއަހަރު ތެރޭގައި މި މަޝްރޫޢުގެ މަސައްކަތް ފެއްޓެވުމަށް ގަސްދުކުރައްވާ ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން