ރައީސް ސޯލިހްގެ ސަރުކާރުވެސް އެއީ ކޯލިޝަން ސަރުކާރެެއްކަން އޮޅުވާލަނީ އެހެން މީހުން ނިކަމެތި ކުރުމަށް ކަމަށް ކުރީގެ ރައީސް ޑރ.މުހަންމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ މިނިވަން ދުވަހާއި ގުޅިގެން ޗެނަލް 13 އަށް ދެއްވި ބަސްދީގަތުމެއްގައި ޕްރޮގުރެސިވް ކޯލިޝަންގެ އެޑްވައިޒަރު ކަމުގެ މަގާމުގައި ހުންނެވި ރައީސް ޑރ..މުހަންމަދު ވަހީދު ހަސަން ވިދާޅުވީ އެމްޑީޕީ ކޮންމެ ފަހަރަކުވެސް ވެރިކަމަށް އަންނަނީ ކޯލިޝަން ސަރުކާރެއްގެ ގޮތުގައި ކަމަށެވެ. ބައެއް މީހުން ރައީސް ސޯލިހްގެ ސަރުކާރަކީ އެމްޑީޕީގެ ސަރުކާރެއް ކަމަށް ބުނާ ކަމަށާއި، އެހެން ނަމަވެސް އެއީ ކޯލިޝަން ސަރުކާރެއް ކަމަށް ވަހީދު ވިދާޅުވިއެވެ.
ރައީސް ވަހީދު ވިދާޅުވީ ރައީސް ސޯލިހް ސަރުކާރަކީ ކޯލިޝަން ސަރުކާރެއް ކަން އޮޅުވާލަނީ ގަސްތުގައި ކަމަށެވެ. ކޯލިޝަނަކުން ވެރިކަމަށް އައުމަށްފަހު އެ ހަގީގަތް އޮޅުވާލަނީ ޕާޓީތައް ނިކަމެތި ކުރަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
" މިއީ ކޯލިޝަން ސަރުކާރެއްކަން އޮޅުވާލަނީ އެހެން މީހުން ނިކަމެތިކޮށް އެމްޑީޕީގެ ބޭފުޅުންގެ ބާރުގަދަ ކުރަން ކުރާ ސިޔާސީ ކަމެއް އެކަމަކީ، އެއީ އަަޅުގަނޑުމެންނަށް އެކަން ނޭގެނީކީ ނޫން، އޭގެ ސަބަބުން ދެއްތޮ މި ހުރިހާ ހަމަނުޖެހުމެއް މި އުފެދެނީ ކޮންމެ ފަހަރަކުވެސް." ރައީސް ވަހީދު ވިދާޅުވިއެވެ.
ރައީސް ސޯލިހްގެ ކޯލިޝަން ސަރުކާރަށް މާ ބޮޑު ލޮޅުމެއް ނައިސް އެމަނިކުފާނު މިފަހަރު ހިފައްޓަވައިފިކަން އެމްޑީޕީގެ އެންމެ ފުރަތަމަ ސަރުކާރުގެ ނާއިބް ރައީސް ވަހީދު ވަނީ ފާހަގަ ކުރައްވާފައެވެ.
"އެހެން ނަމަވެސް ކޯލިޝަން އަށް ލޮޅުން އަންނަ ތަން މި ފެންނަނީ. މިހެން އެބަ ދިމާވޭ ކޮންމެ ފަހަރަކުވެސް ( ކޯލިޝަން ރޫޅުން)." ރައީސް ވަހީދު ވިދާޅުވިއެވެ.
ރައީސް ވަހީދު މިހެން ވިދާޅުވެފައިވާއިރު 2008 ވަނަ އަހަރު އެމްޑީޕީގެ ފަރާތުން ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތީ ގިނަ ޕާޓީތަކާއި އެކު ކޯލިޝަން ހަދައިގެންނެވެ. ރައީސް ނަޝީދުގެ ކޯލިޝަން ސަރުކާރު ވެރިކަމަށް 21 ދުވަސްތެރޭަގައި ވަނީ އެކޮޅިޝަނަށް ބުރޫއަރައި ރޫޅެން ފަށައިފައެވެ. އޭގެފަހުން 2018 ވަނަ އަހަރު ރިޔާސީ އިންތިޚާބު ރައީސް ސޯލިހް ކާމިޔާބުކުރެއްވީ ޕާޓީތަކާއެކު ކޯލިޝަން ހަދައިގެންނެވެ. ރައީސް ސޯލިހްގެ ސަރުކާރަށް ދޮޅުއަހަރުވެގެން ގޮސްފައިވާއިރު ކޯލިޝަން ދެމެހެއްޓުމަށް ރައީސް ޞާލިހު ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާކަން ވަނީ ފާހަގަ ކުރެވިފައެވެ.
ރައީސް ޞާލިޙު އެންމެ ފަހުން ބޭއްވި ނޫސްކޮންފަރެންސްފައި ވެސް ވިދާޅުވެފައިވަނީ ސަރުކާރު ކޯލިޝަން ނުރޫޅޭނެ ކަމަށާއި ކޯލިޝަން ދެމެހެއްޓުމަށް އެމަނިކުފާނު މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު