އެމެރިކާ ސަރުކާރާއިއެކީގައި ހަދާފައިވާ "އެމްވީ- ޔޫއެސް ޕާޓްނަރޝިޕް" ދޭތެރޭ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށް ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ޒަމީރު މިފަދައިން ވިދާޅުވީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތޮނީ ބްލިންކެންއަށް ފޯނުން ގުޅުއްވައި ކުރެވުނު މަޝްވަރާތަކުގައެވެ.





ބްލިންކަންއާއެކު ކުރެވުނު މި މަޝްވަރާތަކުގައި ރާއްޖެއާއި އެމެރިކާއިން ގުޅިގެން ފުޅާ ދާއިރާއެއްގައި ކުރެވޭ މަސައްކަތްތަކާއި ގުޅޭގޮތުން ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވުނު ކަމަށް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ. ދެބޭފުޅުންގެ މަޝްވަރާގައި ދިފާޢީ އަދި ސަލާމަތާއި، އިޤްތިޞާދީ ތަރައްޤީއާއި، މޫސުމީ ބަދަލުތަކާއި ބެހޭގޮތުން ވާހަކަތައް ދެކެވުނު ކަމަށް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ. އަދި ދުނިޔޭގެ މަސްރަހުގައި ހުރި އެކި ކަންބޮޑުވުންތަކާއި ގުޅޭގޮތުންވެސް ދެބޭފުޅުނއ މަޝްވަރާކުރައްވާފައިވާ ކަމަށް މިނިސްޓަރ ހާމަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން