ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނަކީ ފައިދާވާ، ރައްޔިތުން އެދޭފަދަ ޚިދުމަތް ދޭ ތަނަކަށް ހައްދަވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ވެލާނާ އިންޓަނޭޝަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ބިޔަ ބޮޑު މަޝްރޫއު އިފްތިތާހު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖޭގެ ގައުމީ އެއާލައިން، އައިލެންޑް އޭވިއޭޝަންގެ މޯލްޑިވިއަނަކީވެސް މިއަދު ވަރަށް ހާލުގައި އޮތް ތަނެއް ކަމަށެވެ. ރައީސް ވިދާޅުވީ އެއާޕޯޓް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއާ އެކު ދިވެހި ރައްޔިތުން ފަޚުރުވެރިވާ ފަދަ ފައިދާވާ، ރައްޔިތުން އެދޭފަދަ ޚިދުމަތް ދޭ ތަނަކަށް މޯލްޑިވިއަން ހައްދަވާނެ ކަމަށެެވެ.

އެގޮތުން ވައިޑް ބޮޑީޑް އެއަރކްރާފްޓް ރާއްޖެ ގެނެސް، މުހިންމު ޑެސްޓިނޭޝަންތަކަށް އިތުރަށް އުދުހި، ބޭނުންވާ ފެންވަރަކަށް ޓޫރިޒަމާއި ފަތުރުވެރިކަން ފުޅާކޮށް އެރައިވަލް އިތުރުކުރުމަކީ، ސަރުކާރުން ކުރަން ބޭނުންވާ ކަމެއް ކަަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.



"ވައިޑް ބޮޑީޑް އެއަރކްރާފްޓް ގެނެސް، އަޅުގަނޑުމެން ބޭނުންވާ ގޮތަށް މުހިންމު ޑެސްޓިނޭޝަންތަކަށް އިތުރަށް އުދުހި، އަޅުގަނޑުމެން ބޭނުންވާ ފެންވަރަކަށް ޓޫރިޒަމް ފުޅާކުރުމަކީ، ފަތުރުވެރިކަން ފުޅާކުރުމަކީ، އެރައިވަލް އިތުރުކުރުމަކީ، އަޅުގަނޑުމެން މި ކުރަން ބޭނުންވާ މަސައްކަތް. އެ މަސައްކަތްވެސް އެދަނީ އިރާދަކުރެއްވިއްޔާ ވަރަށް ބާރު ސްޕީޑްގައި." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ސަރުކާރުން ކުރާ ހުރިހާ މަސައްކަތެއް ރާވާފައިވަނީ ރައްޔިތުންނަށް ފުރިހަމަ ފުދުންތެރިންކަން ހޯދައިދީ ރައްޔިތުންގެ ޖީބަށް އަންނަންޖެހޭ ފުދުންތެރިކަން ގެނެސްދިނުމަށްޓަކައި ކަމަށެވެ. އެގޮތުން ކުދި ވިޔަފާރިތައް ފުޅާކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ނަތީޖާއަކަށް ވެގެންދާނީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުވެގެންދިޔުން ކަމަށް ރައީސް ވިދާޅުވިއެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން