މީޑިއާ ވިލެޖް އެޅުމަށް ބޭނުންވާ ބިން ކަނޑައެޅުމާއި ގުޅޭގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން--
މީޑިއާ ވިލެޖް އެޅުމަށް ބޭނުންވާ ބިން ކަނޑައެޅުމާއި ގުޅޭގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން--
މީޑިއާ ވިލެޖް އެޅުމަށް ބޭނުންވާ ބިން ކަނޑައެޅުމާއި ގުޅޭގޮތުން މަސައްކަތްތައް ފަށައިފި އެވެ.

މީޑިއާ ވިލެޖެއް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަމެކެވެ.

އެހެންވެ އެކަމަށް ބޭނުންވާ ބިން ކަނޑައެޅުމުގެ ގޮތުން ޔޫތު މިނިސްޓަރ އިބްރާހިމް ވަހީދު (އަސްވާޑު) އާރބަންކޯގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލްރަޝީދު އާއި ބައްދަލު ކުރައްވައި އިއްޔެ ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.

އެ ބައްދަލުވުމުގައި ވަނީ މީޑީއާ ވިލެޖު އަޅާނެ އެންމެ އެކަށީގެންވާ ތަނަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވައިފަ އެވެ.

ހަމަ އެހެންމެ މީޑިއާތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމާ ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާކޮށްފަ އެވެ.

ރިޔާސީ ކެމްޕޭންގެ ތެޜޭގައި ރައީސް ޑރ. މުއިއްޒު ވަނީ ދައުލަތުގެ ބަޖެޓުގެ ތެރެއިން މީޑިއާތަކަށާއި ނޫސްވެރިކަމުގައި މަސައްކަތް ކުރާ ފަރާތްތަކަށް އެހީތެރިކަން ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންފަ އެވެ.

ހަމަ އެހެންމެ ނޫސްވެރިކަމަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ތައުލީމާއި ތަމްރީންވެސް ހަމަޖައްސައި ދެއްވާނެ ކަމަށް މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން