ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު
ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު
ކުނީގެ ގޮތުގައި ގޭބިސީތަކުން އުކާލަންޖެހޭ އެނދު ފަދަ ބޮޑެތި ތަކެތި އުކާލަށް ބޮޑު ހަރަދެއް ކުރަން ޖެހޭތީ ކުރީގެ ބަންޑާރަ ނައިބު އަދި މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ކެންޑިޑޭޓް އާޒިމާ ޝުކޫރު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ މެދުގައި ސަންގު ޓީވީން އިއްޔެ ބޭއްވި ބަހުސްގައި އާޒިމާ ވަނީ ކުނީގެ މައްސަލަ ފާހަގަ ކުރައްވައި އެކަމުގައި ހައްލު ހޯދަންޖެހޭ ކަންކަން ފާހަގަ ކުރައްވާފައެވެ.

އެގޮތުން މާލޭގެ ސިޓީ ކައުންސިލާއި ވެމްކޯއާ ދެމެދު ކުނި މެނޭޖު ކުރުމުގައި މައްސަލަތަކެއް އުޅޭކަން ފާޙަގަ ކުރެއްވި އެވެ. އަދި ކުރިން ސިޓީ ކައުންސިލްތަކުގެ ލޮރީތަކަށް ވެމްކޯގެ ސައިޓްތަަކަށް ވަދެވެނީ 900 ރުފިޔާ ދައްކައިގެން ކަން ވެސް ފާހަގަ ކުރެއްވި އެވެ.

"އެހެން ނަމަވެސް މިއަދުވެސް ހައްލު ކުރަން ޖެހޭ އެއް ކަމަކީ ހަގީގަތުގައި އަޅުގަނޑަށް ވަރަށް ބޮޑަށް ފާހަގަ ކުރެވޭ ގެއިން މިސާލަކަށް އުކާލާ ކުނި، އަދި އެއީ އެނދެއްވިޔަސް އެހެނިހެން އެއްޗެއް ވިޔަސް އެއްލާލަން ޖެހޭ ކޮންމެ ފަހަރަކު

ޕިކަޕަކަށް ދޭން ޖެހޭ ލާރި. ހަމަ އެހެންމެ އެއިން ޕިކަޕެއް ވެމްކޯގެ ސައިޓަށް ވަންނަންވެސް އެހާ ގިނަ ލާރި. އެހެންވީމާ އަމިއްލަ ގެއިން ނެރޭ އާދައިގެ ކުނި ނޫން ބޮޑެތި އެއްޗެއް އެއްލާންވެއްޖިއްޔާ 900 އެއްހާ ރުފިޔާ ހަރަދު ކުރަން ޖެހޭ" އާޒިމާ ވިދާޅުވި އެވެ.

އެހެންކަމުން އާންމުންގެ ގެއިން ކުނީގެ ގޮތުގައި ނެރޭ ބޮޑެތި ތަކެއްޗަށް ގިނަ އަދަދެއްގެ ފައިސާ ދައްކަން ޖެހޭ ޖެހުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް އާޒިމާ ވިދާޅުވި އެވެ.

"އެކަން ދުއްވާލާފަ މިސާލަކަށް ރަމްޟާން މަހަށް ގޯތި ގެދޮރު ސާފު ކުރާއިރު އަޅުގަނޑުމެންނަށް ސިޓީ ކައުންސިލްގެ ހިދުމަތެއް ރައްޔިތުންނަށް އެބަ ދެވެން ޖެހޭ އެކަން ކުރެވޭނެ ކަހަލަ ގޮތަކަށް." އާޒިމާ ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން