ސަރުކާރުގެ އޮފީސްތަކަށް ޚާއްޞަކޮށްގެން އަޅާ އިމާރާތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިމި ބޭނުންކުރަން ފެށޭނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ ސަރުކާރުގެ އޮފީސްތަކަށް އިމާރާތެއް އެޅުމަށް ނިންމާފައިވާ ކަމަށާއި އެމަސައްކަތް ކުރުމަށް މިއަހަރު ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެެ. އެގޮތުން މިހާރު ކުރަމުންދަނީ އޮފީސް އިމާރާތް އެޅުމަށް ބޭނުންވާ ބިން ހޯދުމުގެ މަސައްކަތް ކަމަށާއި ބިން ލިބުމުން އެ އިމާރާތުގެ ޑިޒައިން މަސައްކަތް ފަށާނެ ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ.

"އުއްމީދަކީ މިއަހަރުގެ ތެރޭގައި މަސައްކަތް ފެށިގެން އެންމެ ލަސްވެގެން ދެއަހަރު ތެރޭގައި އެ އޮފީސް އިމާރަތް ބޭނުންކުރަން ފެށުން، ކޮންމެ ގޮތެއް ވިޔަސް އަޅުގަނޑުމެންނަށް ސަރުކާރުގެ އިމާރާތްތައް މިހާރު ބޭނުންކުރަމުންދާ ތަންތަން ހުސްކުރެވޭނީ އާ އިމާރާތެއް އަޅައިގެން،" މުއްތަލިބު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ ސަރުކާރު އޮފީސްތައް ހިންގުމަށް ބޭނުންވާ ޖާގައިގެ ދަތިކަމަކީ ވަރަށް ބޮޑަށް ދިމާވެފައިވާ މައްސަލަ އެއް ކަމަށެވެ. އޮފީސް އިމާރާތުގެ މަސައްކަތް ކުރަނީ އެކަން ހައްލުކުރުމަށް ކަމަށް މުއްތަލިބު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން