ނާއިބު ރައީސް ވަޒީރުންނާ ބައްދަލު ކުރެއްވުން--
ނާއިބު ރައީސް ވަޒީރުންނާ ބައްދަލު ކުރެއްވުން--
މާލޭގެ ބާރު ބޮޑު ސަރަހައްދުތަކުގައި ބަރު އުޅަނދު ޕާކު ނުކުރަން ފުލުހުން އިލްތިމާސްކޮށްފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން އިއްޔެ ކުރި އިއުލާނެއްގައި ވަނީ ކަނޑައެޅިފައިވާ ޕާކިންގ ޒޯނުތައް ފިޔަވައި އެހެންތަންތަނުގައި އުޅަނދު ޕާކު ނުކުރުމަށާއި މާލޭގެ ބާރުބޮޑު ސަރަހައްދުތަކުގައި ބަރު އުޅަނދު ޕާކު ނުކުރުމަށް އިލްތިމާސް ކޮށްފަ އެވެ.

އެގޮތުން ގްރީން ޒޯން ސަރަހައްދާއި ސަލްމާން މިސްކިތް ހިމެނޭ ސަރަހައްދު އަދި ބޮޑުތަކުރުފާނު މަގުގައި ކަނޑައެޅިފައިވާ ޕާކިން ޒޯންތަކުގައި ޕާކު ކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެެވެ.

އެ ސަރަހައްދުތަކުގައި އާންމު ދަތުރުފަތުރަށް ދަތިވާ ގޮތަށް ބަހައްޓާފައިވާ އުޅަނދުތަކާމެދު ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ޓާމް ޗުއްޓީއަށް ފަހު އަންނަ އާދިއްތަ ދުވަހު މާލޭގެ ސްކޫލުތަކުގެ ކިޔެވުން ފެށޭނެ އެވެ. އެހެންވެ އެ ސްކޫލުތަކުގެ ގޭޓު ކުރި މައްޗަށްވާ ގޮތަށް ޕާކު ކޮށްފައިވާ އުޅަނދުތައް ނެގުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އުޅަނދުތަކުން މާލެ ތޮއްޖެހިފައިވާއިރު މީގެ ކުރިން އެއްވެސް ސަރުކާރަކަށް ޕާކިންގެ މައްސަލައަށް ހައްލެއް ގެނެވިފައެއް ނުވެއެވެ. އަދި ޕާކިންގެ މައްސަލަތަކާ ގުޅިގެން ސްޓިކާ މާގިނައިން ޖަހާ ކަމަށް ބުނެ އާންމުންގެ ފާޑުކިއުން ވަރަށް ބޮޑަށް އޮވެެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން