ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވަރަކީ ރާއްޖޭގެ މާލީ ނިޒާމް ޒަމާނީކޮށް ހަރުދަނާ އިގްތިސާދެއް ބިނާކުރުން ކަމަށް އިކޮންމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އިކޮންމިކް މިނިސްޓަރު މުޙައްމަދު ސައީދު މިހެން ވިދާޅުވީ ޖުމްލަ 25 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމާއި އިކޮނޮމިކް ޒޯން ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢު ރައީސް އިފްތިތާހް ކޮށްދެއްވުމާއި ގުޅިގެންނެެވެ.

އެކަަމަށް އިޝާރަތް ކުރައްވައި މިނިސްޓަރު ސައީދު ވިދާޅުވީ ރައީސްގެ ބޮޑު ތަޞައްވުރުގެ ފަހަތުގައިވާ މަޤްޞަދަކީ ފަތުރުވެރިކަމުގެ ޑިމާންޑުން ކެޕިޓަލައިޒްކޮށް، އޭވިއޭޝަން ދާއިރާ ފުޅާކުރުން ކަމަށެވެ.



އަދި ކުރިއަރަމުން އަންނަ ކަނޑުގެ އިޤްތިޞާދު ކުރިއަރުވައިގެން ކުރިއަށް އޮތް ޖީލުތަކަށް ދިވެހި ރައްޔިތުންގެ ފައިދާއަށް މާލީ ނިޒާމު ޒަމާނީކޮށް ދެމެހެއްޓެނިވި ހަރުދަނާ އިޤްތިޞާދެއް ބިނާކުރުމަކީ ރައީސްގެ ތަސައްވަރު ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ ބިޔަ މަޝްރޫއު އިފްތިތާހުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ މާލީ އިދާރާތައް ހިންގުމަށް މަގުފަހިކުރުމަށް "މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝިއަލް ސާވިސަސް އޮތޯރިޓީ" ނަމުގައި އާ އިދާރާއެއް އުފެއްދުމަށް ނިންމާފައިވާ ކަމަށެވެެ. އެގޮތުން މަރުކަޒީ ބޭންކް، އެމްއެމްއޭއާއި އެ ނޫން އިދާރާތަކާ ގުޅިގެން އެ އިދާރާ ގާއިމްކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަމަކީ ބައިނަލްއަގްވާމީ ފައިނޭންޝަލް ސެންޓަރުތައް ރާއްޖޭގައި ގާއިމްކުރުމަށްޓަކައި ކުރާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން