މާލެ ސިޓީ ކައުންސިލުގެ އެމްޑީޕީ ދެ ކައުންސިލަރުން ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީއަށް ސޮއިކޮށްފިއެވެ.

މާލެ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އާއިޝަތު އާޒިމާ ޝުކޫރު މިރޭ ބޭއްވި ކެމްޕޭން ހަރަކާތުގައި ޕީއެންސީއާއި އަލަށް ގުޅިވަޑައިގަތީ މާލޭ ސިޓީގެ ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރު ޢާއިޝަތު ނިޒްލީ ރަޝީދާއި މާލޭ ސިޓީ ކައުންސިލްގެ އެމްޑީޕިއަށް ނިސްބަތްވާ ގަލޮޅު މެދު ދާއިރާގެ ކައުންސިލަރު މަރްޔަމް ރީޙާން ނާޒިމެވެ.

މި ދެ ކައުންސިލަރުންވެސް ވަނީ ޕީއެންސީއަށް ސޮއި ކުރެއްވުމަށްފަހު މިރޭގެ ކެމްޕެއިން ހަރަކާތުގައި ބައިވެރިވެވަޑައިގަތް ރައީސް ޑޜ. މުޙައްމަދު މުޢިއްޒުއާއި ފޯމް ހަވާލުކޮށްފައެވެ. މި ދެ ކައުންސިލަރުން ޕީއެންސީއާއި ގުޅިވަޑައިގަތުމުން މިހާރު މާލެ ސިޓީ ކައުންސިލް މެންބަރުންގެ ތެރޭގައި އެމްޑީޕީ މެންބަރެއްގެ ގޮތުގައި ހުންނެވީ މާފަންނު ހުޅަނގު އުތުރު ދާއިރާގެ ކައުންސިލަރު މުޙައްމަދު އަރީޝް އެކަންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން