ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކުރެވި ބައެއް މުއައްޒިފުން ސިޓީ ކައުންސިލަށް ބަދަލުވި ނަމަވެސް އެމުވައްޒަފުންގެ އިނާޔަތަކަށް ބަދަލެއް ނާންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް އަރބަންކޯގެ ދަށުން މާލޭ ސިޓީ ކައުންސިލަށް ބަދަލުކުރުމާއެކު ސިޓީ ކައުންސިލަށް ބަދަލުވާ މުވައްޒަފުންނަށް ލިބެމުން އައި އިނާޔަތްތަކަށް ވާނެ ގޮތަކާއި މެދު ކަންބޮޑުވެ ސުވާލު އުފައްދަމުންދިއުމާއެކު އެކަން ރައީސް ޑރ. މުއިއްޒުގެ ސަމާލުކަމަށް އައުމާއި ގުޅިގެން އެމަނިކުފާނު ވަނީ އާބަން ކޯއިން މާލޭ ސިޓީ ކައުންސިލަށް ބަދަލުވާ އެއްވެސް މުވައްޒިފެއްގެ އެއްވެސް އިނާޔަތަކަށް އުނިކަމެއް ނާންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

"އަޅުގަނޑު ފުރިހަމަ ޔަޤީންކަން ދޭން ބޭނުންވަނީ، އެއް އަހަރު ފަހުންވެސް، އެއްވެސް މުވައްޒަފަކަށް އެމުވައްޒަފުންނަށް މުސާރަ، އިންޝުއަރެންސް، ނުވަތަ މިހާރު ލިބޭ އެހެން އެއްވެސް އިނާޔަތްތަކެއް އުންޏެއް ނުވާނެ." ރައީސް މުޢިއްޒު ވިދާޅުވިއެވެ.



މީގެއިތުރުން މިކަމަށް އެކަށީގެންވާ އުސޫލެއް ސަރުކާރުން ތަންފީޒު ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުކުރުމަށް ނިންމީ 31 ޑިސެމްބަރުގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ. އެ ނިންމުމަށް އަމަލުކުރަން ފެށީ 1 ޖަނަވަރީއިން ފެށިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް އަރބަންކޯއަށް ބަދަލުކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެއް ކަމަށެވެ. އަދި ލާމަރުކަޒީ ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ބަދަލުކުރުމުގެ އެއްބަސް ވުމުގައި ސޮއިކޮށް ހުޅުމާލެ މުނިސިޕަލް މަސައްކަތްތައް މާލޭ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން