މާލެ މަގުތަކުގެ ފެން ހިންދާ ކާނު ސާފުކުރުމުގެ ޚާއްސަ ހަރަކާތެއް ފަށައިފިއެވެ.

މި ޕްރޮގްރާމް ފެށުމުގެ ގޮތުން މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ލޯކަލް ގަވަމެންޓް އަދި ޕަބްލިކް ވޯކްސް ވުޒާރާގެ ވަޒީރު، އާދަމް ޝަރީފް އުމަރެވެ. މިނިސްޓަރުގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ މެމްބަރުންވެސް ވަނީ މި ހަރަކާތުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައެވެ.

ވިއްސާރަ ދުވަސްވަރު ޢާންމުކޮށް ފެންބޮޑުވުމުގެ މައްސަލަ ދިމާވާ މާލެ ސިޓީގައި މި ޕްރޮގްރާމު ކުރިއަށް އޮތް 5 އަހަރު ދުވަހަށް ދެމިގެންދާނެ ކަމަށް ކައުންސިލުން ބުނެފައި ވެއެވެ. މިދިޔަ ހަފުތާގައި ކުރި ވިއްސާރައިގައި ވެސް މާލޭގައި ފެންބޮޑުވެ، އެތައް ގެއަކަށް ފެން ވަދެ ގެއްލުންވެފައި ވެއެވެ.

މާލޭގެ މަގުތަކުގައި ފެން ހިންދުމަށް ހަދާފައިވާ ކާނުތަކަށް ވެލިއެޅި ފުރިފައި ހުރުމުން ވެސް މާލޭގެ މަގުތަކުގައި ވަރަށް އަވަހަށް ފެން ބޮޑުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން