ހުޅުމާލޭގައި ހުންނަ ކޯވިޑަށް ޚާއްޞަ މެޑިކަލް ފެސިލިޓީ؛ މިތަން ތަރައްގީ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވީ އެމްއެންޑީއެފުން
ހުޅުމާލޭގައި ހުންނަ ކޯވިޑަށް ޚާއްޞަ މެޑިކަލް ފެސިލިޓީ؛ މިތަން ތަރައްގީ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވީ އެމްއެންޑީއެފުން
ކޯވިޑް-19އަށް ޕޮޒިޒޓިވްވި މީހުންގެ ތެރެއިން އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު 63 އަށް އަރައިފިއެވެ.

ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީޤް ވިދާޅުވީ، މިވަގުތު ހޮސްޕިޓަލުގައި 63 މީހަކަށް ފަރުވާދެމުން އަންނަކަމަށެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލުގައި އެކަކަށް ފަރުވާދެމުން އަންނައިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 62 މީހަކަށް ފަރުވާދެމުން އަންނަކަމަށް ޑޮކްޓަރ ނަޒްލާ ވިދާޅުވިއެވެ. އޭގެތެރެއިން އެކަކަށް އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.

ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަނީ ބިދޭސީއަކަށް ކަމަށް ނަޒްލާ ވިދާޅުވިއެވެ. މިވަގުތު ހޮސްޕިޓަލުގައި 63 މީހަކަށް ފަރުވާދެމުން އަންނައިރު، މިއީ ރާއްޖޭއިން ކޯވިޑް-19 ފެނުނުފަހުން އެންމެ ގިނަ ބަަޔަކު އެޑްމިޓްކޮށްގެން ބައްޔަށް ފަރުވާދެމުންދާ ފަހަރު ކަން ފާހަގަކޮށްލެވެއެވެ.

ހޮސްޕިޓަލުގައި ފަރުވާދޭންޖެހޭ މީހުންގެ ޢަދަދު އިތުރުވެއްޖެނަމަ ރާއްޖޭގައި މިބަލީގައި މަރުވާމީހުންގެ ޢަދަދު އިތުރުވެދާނެކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ. ކޯވިޑްގެ ޙާލަތު ގޯސްވެ ފުރަބަންދުކޮށްފައިވާ ދުވަސްވަރުގައިވެސް މިހާ ގިނަ ޢަދަދަކަށް ބަލިމީހުން އެނދުމަތިކޮށްގެން ފަރުވާދީފައިނުވާއިރު ފުރަބަންދަށްފަހު ދިން ލުއިތަކާއެކު ކޯވިޑަށް ޕޮޒިޓިވްވާ ދިވެހިންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބު ތަކުން ދައްކައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން