ފޮޓޯ: އެފްއޭއެމް
ފޮޓޯ: އެފްއޭއެމް
ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް ގަވާއިދު ބަދަލުކުރުމަށް އެދި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ގަވާއިދު މިހާރު އޮތްގޮތުން ވިލިމާލޭގައި އިމާރާތްކުރެވޭ އިމާރާތްތައް އެންމެ އުސްކޮށް އިމްމާރާތް ކުރެވޭނީ 7 ފަންގިފިލާއަށެވެ.

ވިލިމާލޭގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ކުރީގެ މާލެ ސިޓީގެ މޭޔަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސަރުކާރަށް އެކިފަހަރުމަތިން ހައުސިންގ މިނިސްޓްރީގެ އެ ގަވާއިދަށް ބަދަލު ގެނައުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް ނިމިދިޔަ ސަރުކާރުން އެކަމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

"މިދިޔަ ފަސް އަހަރު ދިޔައީ. އަޅުގަނޑު މޭޔަރަކަށް ހޮވިގެން ދިޔަ ދެ އަހަރާއި ބައި އަޅުގަނޑުމެން ތަކުރާރުކޮށް މަސައްކަތް ކުރިން އެކަން [ވިލިމާލެގައި 10 ބުރިއަށް ނެގުން ހުއްދަ ކުރަން] ވޭތޯ. މީގެ ކުރީގައި ޕްލޭނިން މިނިސްޓްރީއާ ހިސާބުން އެ ހިފެއްޓުނު ހިފެހެއްޓުން ދެނެއް ނުހިފެހެއްޓޭނެ. ދެން މަޖިލީހުން އެކަން އިސްލާހު ކޮށްދޭން އަޅުގަނޑުމެން އެދިފައި ވާނީ." މާލޭގެ މޭޔަރުކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރުގެ ކެމްޕެއިނުގައި ވިލިމާލޭގެގައި ފަރާތްތަކާއެކު މިއަދު ބޭއްވެވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން