ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ހުރިހާ ފްލެޓެއްގެ ކުލި ކުޑަކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެެވެ.

ރައީސް މިހެން ވިދާޅުވީ މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް، އާޒިމާ ޝަކޫރުގެ ކެމްޕޭންގެ ތެރެއިން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އަންނަ މަހުން ފެށިގެން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ފުލެޓްތަކަށް މިހާރު ދައްކަންޖެހޭ ކުލީގެ 20 އިންސައްތަ އެ ފްލެޓްތަކުން ކުޑަވެގެން ދާނެ ކަމަށެެވެ.

ރައީސް ވިދާޅުވީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުރި ފްލެޓްތަކަށް މިހާރު 4000 އާއި 7000 ދެމެދުގެ އަގެއް މެއިންޓެނެސް ފީއާއެކު ރައްޔިތުން ދައްކަމުން އަންނަ ކަމަށެވެ. ރައީސް ވަނީ މެއިންޓެނެންސް ފީއަށް ވެސް ލުއިގޮތްތަކެއް ހައްދަވާމައި ދެއްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ރައްޔިތުންނަށް ދައްކަންޖެހޭ ކުއްޔަށް ލުއި ދެނީ އިގްތިސޯދުގެ ހާލަތު ހުރި ގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހީނަރުވެފައިވާތީ ކަމަށެވެ. އަދި އެއީ ރައްޔިތުންގެ އާމްދަނީ ވަރަށް ކުޑަވެ، ދެއްކެން އޮތް ކުއްޔެއް ދެއްކެނީ ވަރަށް ހާލުން ކަމަށްވާތީ ސަރުކާރުގެ ފަރާތުން އެހީތެރިކަމެއް ދޭން ބޭނުންވާތީ ނިންމި ނިންމުމެއް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން