ރާޔާ ރިޟާ   6 ޖެނުއަރީ 2024 - 19:56
ދަރުމަވަންތަ ސްކޫލު ކައިރީގައި ހުންނަ މާލޭ ޖަލު ބަންދުކޮށްފި އެވެ.

ކަރެކްޝަނަލް ސަރވިސްއިން ނެރުނު ބަޔާނެއްގައި ބުނީ 2008 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު މާލޭ ބޮޑު ތަކުރުފާނު މަގުގައި ގާއިމުކުރި މާލޭ ޖަލު، ސަރުކާރުގެ ޕޮލިސީތަކާއި އެއްގޮތަށް ބަންދު ކުރުމަށް ނިންމައި، މިއަދުން ފެށިގެން ޖަލު ބަންދު ކޮށްފައިވާ ކަމަށެވެ.

މިއާއެކު، އެ ޖަލުގައި ތިބި ގައިދީން އެހެން ޖަލުތަކަށް ބަދަލުކުރެވިފައިވާ ކަމަށްވެސް އެ އިދާރާއިން ހާމަކުރިއެވެ.

ސަރުކާރުން މާލޭ ޖަލު ބަންދުކުރަން ނިންމީ ޖަލާއި އިންވެގެން ހުންނަ ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް ނުރަނގަޅު އަސަރު ކުރަމުން އަންނާތީ، ކަމާއި ބެހޭ ފަރާތްތަކާއި މަޝްވަރާ ކުރުމަށްފަހުއެވެ.

ކަރެކްޝަނުން ބުނެފައިވަނީ ޖަލު ބަންދު ކުރި ނަމަވެސް އާންމުންނަށް ފޯރުކޮށްދެމުން އައި ހިދުމަތްތައް މިމަހުގެ 12 ވަނަ ދުވަހާއި ހަމައަށް އެ އިމާރާތުގެ ކައުންޓަރުން ލިބެމުންދާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން