މާލޭގެ މޭޔަރު ކަމަށް އެހެން ސިޔާސީ ޕާޓީތަކުގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ދިމާވާ ހާލަތެއް ސަރުކާރުގެ ކެންޑިޑޭޓް އައިޝަތު އާޒިމާ ޝަކޫރަށް ދިމާނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ސަރުކާރު ހިންގާ ކޮންގުރެސް ޕާޓީގެ ޓިކެޓުގައި މާލޭ މޭޔަރުކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާގެ ކެމްޕޭންގެ ތެރެއިން މިއަދު ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެެވެ. ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ހުޅުމާލޭގެ ރައްޔިތުންނަށް ސަރުކާރުން ބޭނުންވާ ފެންވަރުގައި ސިޓީ ކައުންސިލް މެދުވެރިކޮށް ހިދުމަތް ދޭން ބޭނުންވާ ކަމަށެވެ. އަދި އެކަން ކުރެވޭނީ ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭނެ މޭޔަރަކާއި ކެންޑިޑޭޓުން ހޮވިގެން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ވަކި ކަމެއް ވަކިގޮތަކަށް ކޮށް ސަރުކާރަށް ޖެއްސުންކޮށް އެއްބާރުލުން ނުދޭން ނުވަތަ ސަރުކާރަށް އުދަގޫކޮށްލަން ޕާޓީ ލައިނުން އަންނަ އޯޑަރަކަށް ކިޔަމަންވާ މޭޔަރަކު ހޮވައިފިނަމަ އެއީ ހުޅުމާލެ އާއި މާލޭގެ ރައްޔިތުންނަށް އިންސާފުވެރި ގޮތަކަށް ނުވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ކެންޑިޑޭޓް އާޒިމާއަށް އެހާލަތެއް ދިމަލެއް ނުވާނެ، ސަރުކާރުން ބޭނުންވާ ކަންކަމުގައި އަޅުގަނޑުމެންގެ ކެންޑިޑޭޓުން ތިއްބަވާނީ ރައްޔިތުންނާއެކު ސަރުކާރާއި އެއްލައިނަކުން އެއް ސަފަކުން ގުޅިފައި. އެހެންވީމަ އެއީ މިކަމުގައި ވިސްނަންވީ ކަމެއް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން