ފްރަންޓްލައިންގައި ހަރަކާތްތެރިވާ ސިއްހީ އޮފިޝަލުން ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވަނީ
ފްރަންޓްލައިންގައި ހަރަކާތްތެރިވާ ސިއްހީ އޮފިޝަލުން ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވަނީ
މާދަމާ އިން ފެށިގެން ކަރަންޓީން ނިމުމުން ނަގަން ޖެހޭ ސާމްޕަލް ނެގުމުގެ ކަންކަން ކުރުމަށް ކަރަންޓީނުގައި ތިބޭ މީހުންގެ ގޭގެއަށް ނުދާގޮތަށް ހަމަޖައްސައިފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާން ނަޒްލާ ރަފީގް ވިދާޅުވީ މާދަމާއިން ފެށިގެން މާލޭގައި ކަރަންޓީންގައި ތިބޭ މީހުންގެ ކަރަންޓީން މުއްދަތު ހަމަވުމުން ނަގާ ރިލީޒް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށް ދާނީ މާފަންނު މަދުރަސާގައި ކަމަށެވެ. އަދި ކަރަންޓީނުގައި ތިބޭ ފަރާތްތަކުގެ ގޭގެއަށް އާރް.އާރް.ޓީގެ މެންބަރުން ގޮސް މިހާރު ނަގަމުން އަންނަ ގޮތަށް ސާމްޕަލް ނެނގުމުގެ މަސައްކަތް ނުކުރާނެ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.

"މާފަންނު މަދަރުސާގައި ރިލީޒް ސާމްޕަލް ނަގަން އަންނަންވީމަ ފޮނުވާނެ މެސެޖް އެމީހުންނަށް. އެކަމަކު ބަލީގެ އަލާމަތް ހުންނަ މީޙުންނާއި ބަލި މީހުން ކައިރިއަށް ޓީމު ދާނެ ސާމްޕަލް ނަގަން،" ޑރ.ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ހުޅުމާލޭގައި ސާމްޕަލް ނެގުމަށް ވެސް ވަކި ޕޮއިންޓެއް ހަދަން މަސައްކަތް ކުރަމުންދާ ކަމަށް ނަޒްލާ ވިދާޅުވިއެވެ. ކަރަންޓީންގެ މުއްދަތު ހަމަވެ، ދޫކޮށްލުމުގެ ކުރިން ނެގޭ ރިލީޒް ސާމްޕަލް ނެގުމަށް މާދަމާއިން ފެށިގެން ބަދަލުތަކެއް ގެންނަން ނިއްމާފައިވާއިރު ސާމްޕަލް ނަގަން ކަރަންޓީނުގެ މުއްދަތު ހަމަވުމުން ގުޅާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ. ނަމަވެސް ބަލިމީހެއް ނަމަ ނުވަތަ އުމުރުން ދުވަސްވީ މީހެއް ނަމަ އެމީހެއްގެ ސާމްޕަލް ނަގަން އާރް.އާރް.ޓީ ޓީމުން ދާނެ ކަމަށްވެސް ޑރ ނަޒްލާ ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ކޮވިޑް ފެތުރޭ މިންވަރު ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. އެގޮތުން މިއަދު އެކަނި ވެސް 50 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު ބަލި ޖެހޭ ދިވެހިންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 63 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން