ޤައުމެއްގެ ތަރައްގީއަކީ ވަކި ބޭފުޅެއްގެ ވެރިކަމުގެ މައްޗަށް ހުއްޓިފައިވާ ކަމެއްނޫން ކަމަށް ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގައުމެއްގެ ތަރައްގީއަކީ ވަކި ބޭފުޅެއްގެ ވެރިކަމުގެ މައްޗަށް ހުއްޓިފައިވާ ކަމެއްނޫންކަން ފެންނަމުންދާ ކަމަށެވެ. އެގޮތުން ގައުމަކަށް ބޭނުންވަނީ ތެދުވެރިކަމާ އިޚްލާސްތެރިކަމާއެކު، ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކުރައްވައިގެން ވެރިކަން ކޮށްދެއްވާނެ ވެރިއެއް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.



"ރައީސް ޑރ. މުއިއްޒުގެ ފަރާތުން ފެންނަމުންދަނީ މި ދެންނެވި ސިފަތައް." ރައީސަށް ތައުރީފް ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވިއެވެ.

ތަރައްގީއަކީ ވަކި ބޭފުޅެއްގެ ވެރިކަމުގެ މައްޗަށް ހުއްޓިފައިވާ ކަމެއް ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވެފައިވާއިރު އެ ވާހަކަ އަމާޒު ކުރައްވާފައިވަނީ ކުރީގެ ރައީސް ޔާމީނަށް ކަމަށް ބެލެވެއެެެވެ. ތަރައްގީގެ ބާނީގެ ގޮތުގައި އަދުރޭ ސިފަ ކުރައްވަމުން ގެންދެވި ރައީސް ޔާމިން މިހާރު ވަނީ މި ސަރުކާރާއި ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ޕީޕިއެމުން ވަކިވެވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަައްޓަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން