ހުޅުމާލޭގެ މުނިސިޕަލް މަސައްކަތްތައް މާލޭ ސިޓީ ކައުންސިލަށް ބަދަލުކުރަން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މޭޔަރު ކަމުގައި ދެކޮޅު ހެއްދެވި ކަމަށް ހުޅުމާލެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޢަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

ނިޔާޒް ވިދާޅުވީ ރައީސް މުޢިއްޒު މާލެ ސިޓީގެ މޭޔަރެއްގެ ގޮތުގައި ހުންނެވިއިރު އެމްޑީޕީ ސަރުކާރުން އެޚިޔާލު ހުށައެޅުމުން އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ.



މިހާރު އެކަން ކުރެވޭނެ މަގެއް ދެއްކެވި ކަމަށްޓަކައި ނިޔާޒް ވަނީ އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ސިޓީ ކައުންސިލަށް ބަދަލުވާ އަރބަންކޯގެ މުވައްޒަފުންގެ އިނާޔަތަށް އުނިއިތުރެއް ނާންނާނެ ކަމަށް ވެވަޑައިގަތް ވައުދުފުޅަކީ ހަމައެކަނި ކުރިއަށް އޮތް މޭޔަރ އިންތިޚާބަށް ވެވަޑައިގަތް ވައުދުފުޅެއް ނޫންކަމަށް އުންމީދުކުރައްވާ ކަމުގައި ނިޔާޒް ވިދާޅުވިއެވެ.

ނިޔާޒް މިފަދައިން ވިދާޅުވީ މިކަމާއި ގުޅޭގޮތުން ރައީސް ރޭގައި އެމަނިކުފާނުގެ މީސް މީޑިއާ ހޭންޑްލްގައި ދެއްކެވި ވާހަކަފުޅަށް އިޝާރާތްކުރައްވސއެވެ.

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް ދާދި ފަހުން އަރބަންކޯގެ ދަށުން މާލޭ ސިޓީ ކައުންސިލަށް ބަދަލުކުރުމާއެކު ސިޓީ ކައުންސިލަށް ބަދަލުވާ މުވައްޒަފުންނަށް ލިބެމުން އައި އިނާޔަތްތަކަށް ވާނެ ގޮތަކާއި މެދު ކަންބޮޑުވެ ސުވާލު އުފައްދަމުންދިއުމާއެކު އެކަން ރައީސް ޑރ. މުއިއްޒުގެ ސަމާލުކަމަށް އައުމާއި ގުޅިގެން އެމަނިކުފާނު ވަނީ އާބަންކޯއިން މާލޭ ސިޓީ ކައުންސިލަށް ބަދަލުވާ އެއްވެސް މުވައްޒިފެއްގެ އެއްވެސް އިނާޔަތަކަށް އުނިކަމެއް ނާންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން