ރައީސް އޮފީހުގެ ވެބްސައިޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން މިކަން ހާމަކޮށްފައިވަނީ ދައުލަތުގެ ގިނަ ވެބްސައިޓްތަކެއް ޑައުންވެފައިވާ ދަނޑިވަޅެއްގައެވެ. މީގެތެރޭގައި ރައީސް އޮފީހުގެ ވެބްސައިޓުގެ އިތުރުން، ފޮރިން މިނިސްޓްރީ، އަދި ޓުއަރިޒަމް މިނިސްޓްރީގެ ވެބްސައިޓްވެސް ވަނީ ޑައުންވެފައެވެ.

ލަފާ ކުރެވޭ ގޮތުގައި މިސައިޓްތައް ޑައުންވެފައިވަނީ ސައިބަރ އެޓޭކެއްގެ ސަބަބުންނެވެ.

މިކަމާ ގުޅިގެން، ނެޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އަދި ކަމާބެހޭ ސަރުކާރުގެ އިދާރާތަކުން ރައީސް އޮފީހުގެ ވެބްސައިޓަށް ދިމާވެފައިވާ މައްސަލަ ބަލަމުންދާކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން