ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު ( ރީކޯ މޫސަ)
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު ( ރީކޯ މޫސަ)
ރާއްޖޭގެ މިނިވަން ކަމަށް ބުރޫއަރަނީ ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރު ގައުމުތަކުން ވަންނަން ފުރުސަތު ދޭތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު ( ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހާއި ގުޅިގެން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ މިނިވަން ކަމަށް ބުރޫ އެރި ނަމަވެސް އަރާނީ ރާއްޖޭގެ އެތެރޭގެ ކޯޅުން ބޮޑުވެގެން ކަމަށެވެ. އަދި ސިޔާސީ މީހުން އެއްބަޔަކު އަނެއް ބަޔަކަށް ސަރަހައްދުގެ ބާރުގަދަ ގައުމުތަކުން ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަން ޖާގަ ފަހިކޮށްދޭތީ ކަމަށް މޫސަ ވިދާޅުވިއެވެ.

"މިއީ ތާރިޚުގައި ވެސް މިކަން ހިނގާފައިވާ ގޮތަކީ" ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު މޫސަ ވިދާޅުވިއެވެ.

މޫސަ މިހެން ވިދާޅުވެފައިވާއިރު ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި އިދިކޮޅު ލީޑަރުން ހައްޔަރުކޮށް ގާނޫނު އަސާސީގެ ރޫހާ ޚިލާފަށް ކުރަމުންދިޔަ ކަންތައްތަކުގެ ސަބަބުން ގިނަ ގައުމުތަކަކުން ރާއްޖެ އަށް ފާޑުކިޔައި ބަޔާން ތައް ނެރެފައިވެއެވެ. ޔާމިންގެ ސަރުކާރުގައި އދ. ޢާއި ކޮމަންވެލްތާއި ބޭރު ގައުމުތަކާއި، ބައިނަލްއަޤްވާމީ ޖަމިއްޔާތަކުގެ ޕްރެޝަރު ރާއްޖެ އަށް ވަރަށް ބޮޑަށް ކޮށް ދަތިކުރުމުގެ ފިޔަވަޅު އަޅާ ހިސާބަށް ކަންތައްތައް ގޮސްފައިވެއެވެ. ބައިނަލް އަގުއާމީ ޕްރެޝަރުތައް ބޮޑުވުމުން ޔާމިންގެ ސަރުކާރުގައި ޒަމާންތަކެއް ވަންދެން ކޮމަންވެލްތާއި އެކު އޮތް ގުޅުން ވެސް ވަނީ ކަނޑާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން