ރައީސް އޮފީސް ވެބްސައިޓަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށް، ވެބްސައިޓަށް ވަދެވޭގޮތް ހަދައިފިއެވެ.

ރައީސް އޮފީސް ވެބްސައިޓް ޑައުންވީ ރޭގެ ވަގުތެއްގައެވެ. އެވެބްސައިޓުގެ އިތުރުން ރޭގެ ވަގުތެއްގައި ދައުލަތުގެ ބައެއް ވުޒާރާތަކުގެ ވެބްސައިޓްވެސް ޑައުންވެފައިވެއެވެ.

ރޭ ޑައުންވި ވެބްސައިޓުތަކުގެ ތެރޭގައި ރައީސް އޮފީހުގެ ވެބްސައިޓުގެ އިތުރުން، ފޮރިން މިނިސްޓްރީ، އަދި ޓުއަރިޒަމް މިނިސްޓްރީގެ ވެބްސައިޓްވެސް ހިމެނެއެވެ. ލަފާ ކުރެވޭ ގޮތުގައި މިސައިޓްތައް ޑައުންވެފައިވަނީ ސައިބަރ އެޓޭކެއްގެ ސަބަބުންނެވެ.



ވެބްސައިޓަށްދިމާވި މައްސަލަ ހައްލުކޮށް ރައީސް އޮފީސް އަދި ފޮރިން މިނިސްޓްރީގެ ވެބްސައިޓް އަށް މިހާރު ވަނީ ވަދެވޭގޮތް ހަދައިފައެވެ. ނަމަވެސް އަދިވެސް ޓުއަރިޒަމް މިނިސްޓްރީގެ ވެބްސައިޓް ވަނީ ޑައުންވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން